މަޤާމު:
|
ޑްރައިވަރ
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
|
ރޭންކް: SS2
|
މުސާރަ:
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1000 ރުފިޔާ
|
ރިސްކް އެލަވަންސް:
|
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/75 ރުފިޔާ
|
ސެކްޝަން:
|
އެޑްމިން
|
ތަޢުލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ ސަނަދެއް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެންބިއުލާންސްގައި ދަތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ރަސްމީ ގަޑިތަކުގައްޔާއި ނުރަސްމީ ގަޑިތަކުގައި ދަތުރުތައް ކުރުން.
- އެންބިއުލާންސް ދޮވެ ސާފުކޮށް ބެލެހެއްޓުން.
- ކަނޑައެޅިފައިވާ ގޮތުގެ މަތިން އެންބިއުލާންސްގެ ތެޔޮބަދަލުކުރުމާއި، ކުރަންޖެހޭ މަރާމާތުތައް، ވެރިންގެ ލަފާގެ މަތިން ކުރުން.
- ގަރާޖު ފޮޅައި ސާފުކޮށް ބެލެހެއްޓުން.
- ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
- މަރުކަޒުގައި ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- މަރުކަޒުގެ ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން، އިތުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ލ. ފޮނަދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
- އެހެން ވަޒީފާއެއްގައި ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، މި ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
|
ސުންގަޑި:
|
- 2015 ފެބުރުވަރީ 9 ވާ ހޯމަ ދުވަހުގެ 3:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ލ. ފޮނަދޫ ޞިއްޙީ މަރުކަޒުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ލ. ފޮނަދޫ ޞިއްޙީ މަރުކަޒުގައެވެ. ޢިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ފޯނު ނަންބަރަކީ 6800789 އެވެ. ފެކްސް ނަންބަރަކީ 6800780 އެވެ.
|