ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( ބިދޭސީ ޓީޗަރުން ތިބި މަޤާމުތަކަށް ދިވެހިން ހޯދުމަށް ފުރުޞަތު ހުޅުވާލުން)

 

އދ. ދިގުރަށު މަދަރުސާ

  އދ. ދިގުރަށް     

                       ނަންބަރު:GS160/2023/146

އިޢުލާނު

މި މަޤާމުތަކަކީ  ސިވިލް ސަރވިސް ކޮމިޝަންގެ ނަމްބަރ 15/2017  (20 ނޮވެމްބަރ 2017) ސަރކިއުލަރގެ ދަށުން ބިދޭސީން ތިބި މަޤާމުތަކަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ކުރެވޭ އިޢުލާނެކެވެ.

މަޤާމު

ސްޕެޝަލައިޒޭޝަން

ބޭނުންވާ އަދަދު

މަޤާމު ނަންބަރ

ޓީޗަރ

ބަޔޮލޮޖީ

1

J-345363

ޓީޗަރ

ކޮމްޕިއުޓަރ ސްޓަޑީޒް

1

J-354359

ޓީޗަރ

އިނގިރޭސި

2

J-264027 / J-302332

ޓީޗަރ

ހޮސްޕިޓާލިޓީ

1

J-353628

ޓީޗަރ

ފިޒިކްސް

1

J-354247

ޓީޗަރ

ކެމިސްޓްރީ

1

J-364931

 

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޓީޗަރ، ރޭންކު 1 އިން ޓީޗަރ، ރޭންކު 3 އަށް

ޕަބްލިކް ސަރވިސް ރޭންކް

ޕަބްލިކް ސަރވިސް ރޭންކު 5 އިން ޕަބްލިކް ސަރވިސް ރޭންކު 8 އަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އދ. ދިގުރަށު މަދަރުސާ، އދ. ދިގުރަށް

މުސާރަ:

ޓީޗަރ، ރޭންކް 1

ޓީޗަރ، ރޭންކް 2

ޓީޗަރ،ރޭންކް 3

-/9214 ރުފިޔާ

-/11564 ރުފިޔާ

-/12409 ރުފިޔާ

 

 

ޖޮބް އެލަވަންސް:

ޓީޗަރ، ރޭންކް 1

ޓީޗަރ، ރޭންކް 2

ޓީޗަރ،ރޭންކް 3

-/2764 ރުފިޔާ

-/5397 ރުފިޔާ

-/5791 ރުފިޔާ

 

 

 

އެޓަންޑެންސް އެލަވަންސް

އެޓަންޑެންސް އެލަވަންސް

( ހާޟިރުވާ ކޮންމެ ދުވަހަކަށް) 

ޓީޗަރ، ރޭންކް 1

ޓީޗަރ، ރޭންކް 2

ޓީޗަރ،ރޭންކް 3

-/75 ރުފިޔާ

-/146 ރުފިޔާ

-/157 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގައާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

2- ޤައުމީ މަންހަޖުގައި ދަރިވަރުންނަށް ބޭނުންވާކަމަށް ކަނޑައަޅާފައިވާ "ކީ ކޮމްޕިޓެންސީޒް" ތައް ޙާޞިލު ވާނޭގޮތަށް ކިޔަވައިދިނުމުގައި ބޭނުންކުރާ ލެސަން ޕްލޭންތަކާއި ކްލާސްރޫމްގެ މާހައުލު އަދި އިތުރު ހަރަކާތްތައް ރޭވުން.

3- ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުމާއި ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.

4- ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމަންޓް ޕޭޕަރ، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރު އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން.

5- ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.

6- ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން.

7. ޓީޗަރުންނެތް ޙާލަތުތަކުގައި، ސްކޫލުގެ ކަމަބެހޭ ފަރަތްތަކުގެ އިރުޝާދާއެކު އެޓީޗަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުން

8- މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅަފައިވާ އުޞޫލާއި އެއްގޮތަށް ޓައިމްޓޭބަލް ކުރެވިގެން ނަގަންޖެހޭ އެންމެހައި ގަޑިތަކާއި އަދި ޙަވާލުކުރެވޭ ސަބްސްޓިޓިއުޝަން ގަޑިތައް ނެގުން

9- އުނގެނުމާއި އުނގަންނައިދިނުމާއި ގުޅޭގޮތުން ދަރިވަރުންނަށް ޙަވާލުކުރާ މަސައްކަތްތައް ސްކޫލުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތަށް ޗެކްކުރުމާއި އަދި ބިނާކުރަނިވި ފީޑްބެކް ދިނުން

10- ސްކޫލުން އިންތިޒާމްކޮށްގެން ބާއްވާ ކޯޑިނޭޝަނ މީޓިންތަކާއި، މަޝްވަރާ ބައްދަލުވުންތަކާއި އަދި އެހެނިހެން ބައްދަލުވުންތަކުގައި ބައިވެރިވުން

11- ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ޙަވަލުކުރުންޖެހޭ އެންމެހައިތަކެތި (ސްކީމްއޮފް ވަރކް، ލެސަންޕްލޭން، މާރކްސް ޝީޓް) ފަދަ ތަކެތި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ޙަވާލުކުރުން

12- ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން  އެފަދަ ތަކެތި ހޯދުން

13- ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ރެކޯޑްކޮށް އަދާހަމަކުރުމާއި، ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން

14- ދަރިވަރުންނަށް ވަށާ ޖެހޭ ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ސްކޫލުން ކުރިއަށްގެންދާ އަދަބީ ޖަމްޢިއްޔާތަކާއި ކުލަބްތަކުގެ ޙަރަކާތްތަކުގެ ތެރެއިން ޙަވާލުކުރެވޭ ޙަރަކާތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއެކު ކުރިއަށްގެންދިޔުން

15- މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނާއި، ސްކޫލާއި އަދި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން

16- މުދައްރިސެއްގެ ޙައިސިއްޔަތުން، ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފައި، ފަންނީ ޤާބިލުކަން އިތުރުކުރުމާސް މަސައްކަޔް ކުރުމާއި، އުނގެނުމާއި އުނގަންނައި ދިނުމާއި ގުޅުންހުރި ކަންކަން އަދާ ކުރެވޭ މިންވަރަށް ފަންނިއްޔާތަށް (ޓެކްނޮލޮޖީއަށް) އަހުލުވެރިވުން

17- ވަޒީފާގެ މާހައުލުގައި، މުވައްޒަފާއި ޙަވާލުކުރެވޭ މަސްޢޫލިއްޔަތުތައް އަދާކުރުމުގެ ތެރެއިން، މުއައްސަސާގެ މަސްލަޙަތު އިސްކޮށް ސިއްރުހިފެހެއްޓުމާއި އެކު އިތުބާރު ހިފޭ ފަރާތެއްކަމުގައިވުން

18- މިނިސްޓްރީ އޮފް އެޑުކޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއިއެކު ވަކިން ޚާއްސަކޮށް ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކެއްގައި ބައިވެރިވެ، އެއްބާރުލުންދިނުން

19- އުނގެނުމާއި އުނގަންނައިދިނުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފޮނުވާ ސަރކިއުލަރތަކަށާއި އަދި ސްކޫލުން ތަޢާރަފް ކުރާ ސަރކިއުލަތަކަށާއި އަދި ސްކޫލުން ތަޢާރަފް ކުރާ ސަރކިއުލަރ / އުސޫލުތަކަށް އަހުލުވެރިވުމާއެކު އެއާއި އެއްގޮތަށް ޢަމަލުކުރުން

20- ސްކޫލުންނާއި އަދި ސްކޫލާއި ގުޅުން ހުރި މުޢައްސަސާތަކުން ހިންގާ ޙަރަކާތްތަކުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ބައިވެރިވުން

 

މަޤާމުގެ ޝަރުޠުތައް:

ޓީޗަރ ރޭންކް 3

1- ކިޔަވައި ދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  7ނުވަތަ  8ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު، ތަޢުލީމީ/ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ޓީޗަރ،ރޭންކް  2ގެ މަޤާމުގައި  4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ؛

 .2ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  7ނުވަތަ  8ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  5ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޓީޗަރ،ރޭންކް  2ގެ މަޤާމުގައި  4އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ؛

 .3ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  7ނުވަތަ  8ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޓީޗަރ،ރޭންކް  2ގެ މަޤާމުގައި  4އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ؛

 .4ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  7 ނުވަތަ  8ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ / ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  10ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ؛

 .5ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް   7 ނުވަތަ  8ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުމާއި، ތަޢުލީމީ/ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  10ގެ ސަނަދެއް ހާސިލްކޮށްފައިވުން

ޓީޗަރ، ރޭންކް 2

1- ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  7ނުވަތަ  8ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުން.

ނުވަތަ؛

 .2ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  7ނުވަތަ  8ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން

ޓީޗަރ، ރޭންކް 1

  1. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ކިޔަވައިދިނުމުގެ ދާއިރާ:

 

ޓީޗިންގ (ބަޔޮލޮޖީ، އިނގިރޭސި، ފިޒިކްސް، ކޮމްޕިއުޓަރ ސްޓަޑީޒް، ކެމިސްޓްރީ، ހޮސްޕިޓާލިޓީ)

 ނޯޓް: ޓީޗަރެއްގެ ޒިންމާ އަދާ ކުރަށްވާ ކޮންމެ ފަރާތަކުން ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 5 އަށްވުރެ މަތީގެ ސަނަދެއް އޮންނަންޖެހޭތީ، ކިޔަވައިދޭ މާއްދާއަށް ޚާއްސަ ކުރެވިފައިވާ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 5 އަށްވުރެ މަތިން ޓީޗިންގ ދާއިރާގެ ޖެނެރަލް ޓީޗިންގ ސެޓްފިކެޓެއް ފުރިހަމަ ކުރަށްވާފައިވަނަމަ، އެ ސެޓްފިކެޓެއް ކިޔަވައިދިނުމުގެ ދާއިރާގެ ސަނަދެއް އޮތްކަމަށް ބެލުމުގައި ބޭނުންކުރެވިދާނެއެވެ.

 

ތަޢުލީމީ ދާއިރާ

މަޤާމް

މަސައްކަތާއި ގުޅޭ ދާއިރާތައް

ބަޔޮލޮޖީ

ބަޔޮލޮޖީ، އެޑިއުކޭޝަން، ޓީޗިންގ

އިނގިރޭސި

އިނގިރޭސި، އެޑިއުކޭޝަން، ޓީޗިންގ

ފިޒިކްސް

ފިޒިކްސް، އެޑިއުކޭޝަން، ޓީޗިންގ

ކޮމްޕިއުޓަރ ސްޓާޑީޒް

ކޮމްޕިއުޓަރ ސްޓަޑީޒް، އެޑިއުކޭޝަން، ޓީޗިންގ

ކެމިސްޓްރީ

ކެމިސްޓްރީ، އެޑިއުކޭޝަން، ޓީޗިންގ

ހޮސްފިޓާލިޓީ

ހޮސްޕިޓާލިޓީ، އެޑިއުކޭޝަން، ޓީޗިންގ

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޓީޗިންގ ސާރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޓީޗަރ ރޭންކް 1 އިން ޓީޗަރ ރޭންކް 3 އާއި ދެމެދު ކްރައިޓީރިއާ

އަސާސީ ސަރުތު ހަމަވުން

ޓީޗަރ ރޭންކް 1 ގެ ޝަރުތު ފުރިހަމަވުން

20

ޓީޗަރ ރޭންކް 2 ގެ ޝަރުތު ފުރިހަމަވުން

30

ޓީޗަރ ރޭންކް 3 ގެ ޝަރުތު ފުރިހަމަވުން

35

ތަޖުރިބާ

އަސާއީ ޝަރުތަށްވުރެ އިތުރުވާ ތަޖުރިބާ

5

އިންޓަރވިއު

25

ޕްރެކްޓިކަލް

35

 

މިމަޤާމަށް ޢައްޔަން ކުރެވޭނީ، އަންނަނިވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

1-      އިންޓަވިއު އަދި ޕްރެކްޓިކަލްއަށް ކަނޑައަޅައިފައިވާ ޖުމްލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބުން: އަދި

2-      މަޤާމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 50 (ފަންސާސް) ޕޮއިންޓް ލިބުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖުލައި  2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އދ. ދިގުރަށު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 23 ޖުލައި 2023 އާއި 06 އޮގަސްޓް 2023 އާ  ދެމެދު، އދ. ދިގުރަށު މަދަރުސާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680841 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

 

09 ޖުލައި 2023

09 ޖުލައި 2023
ހޯދާ