ދިވެހިރާއްޖެ
މި ޞިއްޙީމަރްކަޒުގެ އިޢުލާން ނަންބަރުގައިވާ (Q1-MHC/IUL/2023/03) އެކައުންޓްސް އޮފިސަރ މަގާމަށް އެކަށީގެންވާ ވަރަށް އިޖާބަ ލިބިފައިނުވާތީ އަލުން ފުރުސަތު އަލުން ހުލުވާލަމެވެ.
މި ޞިއްޙީމަރްކަޒުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ.
މަޤާމް |
އެކައުންޓްސް އޮފިސަރ |
|
މަޤާމުގެ ނަންބަރު: |
J-348891 |
|
ބޭނުންވާ ޢަދަދު: |
01 |
|
ގިންތި: |
ދާއިމީ |
|
ރޭންކް: |
އެމް އެސް 01 |
|
ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
ސެކްޝަން / ޔުނިޓް: |
އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯރޓް ސަރވިސް ޔުނިޓް |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މަޑަވެލި ސިއްޚީމަރުކަޒު |
|
މުސާރަ: |
-/5610ރ |
|
ސަރވިސް އެލަވަންސް: |
-/2000ރ |
|
އެހެނިހެން އެލަވަންސް: |
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް: |
1- ކުރިއަށްއޮތް އަހަރަށް ލަފާކުރާ ސިއްޚީމަރުކަޒުގެ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް ހޮސްޕިޓަލަށް ފޮނުވައި ދައުލަތުގެ މާލިއްޔަތާއިބެހޭ ޤަވާޢިދު ގައިވާ ގޮތުގެ މަތިން ސިއްޚީ މަރުކަޒުގެ ބަޖެޓާއި،ފައިސާއާއިބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން. 2- ސިއްޚީމަރުކަޒުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވައިގެން މަހުން މަހަށް ފައިސާ ހޯދުން. 3- އަހަރަކަށް ލަފާކުރާ ބަޖެޓް ލިބުމުން ބަޖެޓް އެނެލައިޒް ކޮށް އަހަރު ދުވަހަށް ބަހާލައިގެން ޚަރަދު ކުރުން. 4- ބަޖެޓްކޮންޓްރޯލް ހަދައި ބަޖެޓް ކޮންޓްރޯލްކޮށް ބަލަހައްޓައި އަދި ބަޖެޓްގައި ހިމެނިފައި ނުވާ ކަންކަން ހިންގުމަށް ހޯދަންޖެހޭ ފައިސާ ހޯދުމާއި ޚަރަދުކުރުން 5- ފައިސާއާއި ގުޅޭގޮތުންޞިއްޙީ މަރުކަޒަށް ލިބޭ ލިޔެކިޔުންތައް (ސިޓީ،މެސެޖް.ބިލް ފަދަ ތަކެތި) އެންޓްރީއިން ބަލައި ގަތުމާއި ޖަވާބް ދިނުން. 6- ތިޖޫރީގެ ފޮތް ހަފްތާއަކު އެއްފަހަރު އަޕްޑޭޓް ކޮށް ސިއްޙީމަރުކަޒާއި ޙަވާލުވެ ހުންނަ ވެރިޔަކުލައްވައި ސޮއި ކުރުން އަދި ތިޖޫރީގެ ރިޕޯރޓް ޤަވާޢިދުން ތައްޔާރުކޮށް ތިޖޫރީގެ ހިސާބް ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިޔުން. 7- ބަޖެޓުން ޚަރަދު ކުރަންޖެހޭ ފައިސާ ޚަރަދުކުރުމުގައި ޤަވާއިދާއި އެއްގޮތަށް ޚަރަދުތައް ކުރުމާއި ވައުޗަރ އަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ބެލެހެއްޓުން. 8- ބަޖެޓުން ޚަރަދު ކުރުމަށް ހުއްދަ ދެއްވާފައިވާ ފައިސާ ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ޙަވާލުކުރުމާއި ޙަވާލު ނުކުރެވި ހުންނަ ފައިސާގެ ހިސާބުތައް ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން. 9- ސިއްޙީމަރުކަޒަށް ލިބޭ ބިލްތަކުގެ ޑޮކިއުމެންޓް ލަސްނުކޮށް ހޮސްޕިޓަލަށް ފޮނުވައި އެ ބިލެއްގައިވާ މުއްދަތަށް ޤަވާޢިދުން ފައިސާ ދެއްކުމަށް ކުރަންޖެހޭ މަސައްކަތްކޮށް އެ ފައިސާ ލިބިފައިވޭތޯ ބަލައި ބިލްގެ ވެރިފަރާތަށް އެކަން ލަސްނުކޮށް އެންގުން. 10- ބަޖެޓް ސެކްޝަން ގައި ބޭނުންކުރާ ލިޔެކިޔުންތަކާއި ފައިސާގެ ބިލްތައް ޤަވާޢިދުން ފައިލް ކޮށް ބެލެހެއްޓުން. 11- ޞިއްޙީމަރުކަޒުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކާއި އިނާޔަތްތައް ކަނޑައެޅިފައިވާ ދުވަހަށް ދިނުމަށް އެޗް. އާރާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އިތުރުގަޑީގެ ޝީޓްތައް ޗެކްކުރުމާއި އެހެނިހެން ހިސާބު ޝީޓްތައް ޗެކްކޮށް ހެދުމާއިއެކު މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދިނުން. 12- ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސާއި އިނާޔަތާއި ޚަރަދަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކަށް ކަޑައެޅިފައިވާ މުއްދަތުގައި ތަފްޞީލް ފޮނުވާތޯ ބަލައި ފައިސާ ހޯދުމަށް މަސައްކަތް ކުރުން. 13- އާންމުދަނީގެ ފައިސާގެ ދުވަހު ފޮތާއި،ރަސީދު ފޮތްތަށް ޗެކްކޮށް ހިސާބް ދިމާވޭތޯ ބެލުމާއި އާމްދަނީ ފައިސާ ޤަވާޢިދުން ޖަމާކުރުމާއި ބެލެހެއްޓުން. 14- އާސަންދަ އަދި އެހެނިހެން ކްރެޑިޓް ސްކީމްތަކުން ފަރުވާހޯދާ ބަލިމީހުންނަށް ފަރުވާދިނުމަށްފަހު އެތަންތަނަށް ޤަވާޢިދުން ބިލް ފޮނުވާތޯ ބަލައި ނިންމަންޖެހޭ ރިޕޯޓްތައް ކަޑައެޅިފައިވާ މުއްދަތުގައި ނިންމުން. 15- އާންމުދަނީގެ ގޮތުގައި ސިއްޚީ މަރުކަޒަށް ލިބެންޖެހޭ ފައިސާއެއް ލިބޭގޮތް ނުވެއްޖެނަމަ ނުވަތަ ނުލިބޭގޮތަށް ކަންތައްތައް ހިގަމުންދާނަމަ އެކަން ޙައްލުކޮށް ޤަވާޢިދުން އާންމުދަނީ ފައިސާ ހޯދުން. 16- ޕެޓީކޭޝްގެ ގޮތުގައި ލިބޭފައިސާއާއި ލިޔެކިއުންތައް މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ޚަރަދު ކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން. 17- ރަސީދު ފޮތްތަކާއި ފައިސާ އާއި ގުޅުންހުރި ތައްގަނޑުތައް ތިޖޫރީގައި ބަހައްޓައިގެން ބެލެހެއްޓުން. 18- ސިއްޙީމަރުކަޒުން ހިންގާ ހެލްތު ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި އަމަލީގޮތުން ބައިވެރިވުމާއި މުވައްޒިފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވެދިނުމާއި އެހީތެރިވެދިނުން. މީގެ އިތުރުން ސިއްޚީމަރުކަޒުގެ އެހެނިހެން މުވައްޒިފުންނަށް އެހީތެރިވެ ދިނުމާއި ޢާއްމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ މުވައްޒިފުންނަށް އެހީތެރިކަމާއި،އެއްބާރުލުން ދިނުން. 19- ސިއްޙީ އެމަރޖެންސީ ތަކާއި،ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
. 4ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". 7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ. |
|
މަގާމުގެ ޝަރުތުތައް:
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
|
ގުޅޭ ވަޒީފާގެ ދާއިރާތަށް |
|
|
މަގާމުގެ ތައުލީމީ ރޮރގުތަށް |
|
|
މަގާމުގެ ޕްރިފާރޑް ޑިސިޕްލިން |
ނެތް |
|
މަގާމުގެ ކޯޑިސިޕްލިން |
އެކައުންޓިންގ ، ފައިނޭންސް |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް: |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓްގެ ޑައުންލޯޑްސް އިން ލިބެން ހުންނާނެއެވެ. http://health.gov.mv/Uploads/Downloads//Informations/Informations(357).pdf
|
|
މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖުލައި 2023 ގެ 13:00 ގެ ކުރިން، ގދ.މަޑަވެލި ސިއްޚީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔޫ / ޕްރެކްޓިކަލް އިމްތިހާން 2023 ޖުލައި މަހު 16 އިން 20 ވަނަ ދުވަހާއި ދެމެދު އޮންނާނެއެވެ. އިންޓަރވިޔޫ އޮންނާނީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނުވަތަ މަޑަވެލި ސިއްޚީމަރުކަޒުގައެވެ. |
|
ޝޯޓް ލިސްޓް ކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842614 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|
|