ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ހޯރަފުށީ ދުވަސް 2023 ފާހަގަކުރުމާގުޅޭ"

އިޢުލާން 

                    ހޯރަފުށީ ޑޭ މިނަމުގައި ރަށު ރަށްވެހީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޚާއްސަ ދުވަހެއް 2023 އޯގަސްޓް 18 ވަނަ ދުވަހު ފާހަގަ ކުރުމަށް ރަށުކައުންސިލުން ވަނީ ނިންމަވާފައެވެ. މިފަދަ ދުވަހެއް ފާހަގަކޮށް އެވޯޑް ދިނުމުގެ މަޤްޞަދު ތަކަކީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ހޯރަފުށްޓަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ރަށަށް ކޮށްދެއްވާފައިވާ ޢިއްޒަތްތެރީންގެ އަގު ވަޒަން ކުރުމެވެ.  ދުނިޔޭގެ ފެންވަރުގައި، ޤައުމީ ފެންވަރުގައި، އަތޮޅު ފެންވަރުގައާއި، ރަށު ފެންވަރުގައި، ރަށަށް ރީތިނަމާ ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާ، ހޯރަފުށީގެ ކުރިއެރުމާ ތަރައްޤީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރީންނާ، ޚިދުމަތްތެރީންނާ، ދަރުމަވެރީންގެ އަގުވަޒަން ކުރުމެވެ.

                    މަސްވެރިކަމާ، ދަނޑުވެރިކަމާ، ފަތުރުވެރިކަމާ، ދިވެހި ބޭސްވެރިކަމާ، އުފެއްދުންތެރިކަމުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ހިތްވަރު ދިނުމާ، އެފަރާތްތަކުގެ އަގު ވަޒަންކުރުމެވެ. ރަށުގެ މުއައްސަސާތަކާ، ކްލަބު ޖަމާޢަތްތަކުގެ އިޖުތިމާޢީ ރޫޙު އާލާކުރުމާ، ރަށުވަންތަ ލޯބީގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމާ، އެފަދަ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރުމެވެ. ތަޢުލީމީ، ޞިއްޙީ، ތިމާވެށި، ކުޅިވަރު އަދި ވިޔަފާރިއާ އިޤްތިސާދުގެ ދާއިރާއިން ހުނަރުވެރި ޖީލެއް ބިނާކުރުމުގެ ރޫޙުއުފެއްދުމެވެ.  ދީނީ ތަޢުލީމު ކުރިއެރުވުމަށް ހިތްވަރު ދިނުމާ، ދީނީ ހޭލުންތެރިކަން އުފެއްދުމަށް ބާރު އެޅުމެވެ. ދިވެހިބަހާ އަދަބިއްޔާތު، އަދި ތާރީޚާ ސަޤާފަތް ނަގަހައްޓާ ދެމެހެއްޓުމަށް ބިނާކުރަނިވި، މަސައްކަތްތަކެއް ކުރަމުންދާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމެވެ.

                   ވިމާ، އެކިއެކި ދާއިރާތަކުން ޝަރުތުހަމަވާ ފަރާތްތަކަށް ހޯރަފުށީ ޑޭގައި ދިނުމަށް ހަމަޖެހިފައިވާ "ހޯރަ ރަށްވެހި" އެވޯޑަށްކުރިމަތިލުމަށް އެ ފުރުޞަތު ހުޅުވާލަމެވެ. އެވޯރޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހޯރަފުށީ ކައުންސިލް އިދާރާއިންނާއި ހޯރަފުށީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކު މެދުވެރިކޮށް ލިބެންހުންނާނެއެވެ. އޮންލައިންކޮށް ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ހޯރަފުށީ ކައުންސިލްގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުން އެދެމވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 2023 ޖުލައި 31 ވަނަ ދުވަހުގެ 14:00 އެވެ.

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

                                        18  ޛުލްޙައްޖު 1444

06 ޖުލައި 2023
ހޯދާ