މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ސައިފޮދު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                            

                                              އިޢުލާން

 2023 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ސައިފޮދު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

          މި އަހަރުގެ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު 26 ޖުލައި 2023 ވާ ބުދަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ރަސްމިއްޔާތުގެ ސައިފޮދު (ކޭޓަރިންގ) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީއިން ބޭނުންވެއެވެ.     

ބީލަމުގައި ރަޖިސްޓްރީވެލެއްވުމާއި، މަޢުލޫމާތު ސާފުކުރެއްވުން

          މަޢުލޫމާތު ސާފުކުރެއްވުމާއި، ބީލަމުގައި ރަޖިސްޓްރީވެލެއްވުން އޮންނާނީ 10 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުން

          އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 16 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.

          ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ޖުލައި 2022 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީވެލައްވާ މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                  17 ޛުލްހިއްޖާ 1444 ހ.

                  05 ޖުލައި 2023 މ.

05 ޖުލައި 2023
ހޯދާ