މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދޭ ވަގުތު އިތުރުކުރުމުގެ ގޮތުން ގެނެވިފައިވާ ބަދަލުތައް

އިޢުލާން

 

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދޭ ވަގުތު އިތުރުކުރުމުގެ ގޮތުން ގެނެވިފައިވާ ބަދަލުތަކާ ގުޅޭ،

 

2023 ޖުލައި 5 ވަނަ ދުވަހުން ފެށިގެން، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމުގައި ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް ތިރީގައި އެވަނީއެވެ.

 

 

ޕާސްޕޯޓުގެ ޚިދުމަތް ދޭ ވަގުތު

 

  • ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށް، ނަމަވެސް އޮންލައިން އެޕްލިކޭޝަން ކޮންމެ ވަގުތެއްގައި ވެސް ހުށަހެޅޭނެ.

 

ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް

 

  • ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް، އަދި
  • ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 12:45 އިން ހަވީރު 17:00 އަށް.

 

މަތީގައި ބަޔާންކޮށްފައިވާ ގޮތަށް މި ޚިދުމަތްތައް ލިބިލައްވާނީ މާލެ އިމިގްރޭޝަން އޮފީހުން ކަމުގައި ދަންނަވަމެވެ.

 

 

05 ޖުލައި 2023
ހޯދާ