ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024-2023ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ޕްރީސްކޫލަށް ވެއްދުމާގުޅޭ

2024-2023ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ޕްރީސްކޫލަށް ވެއްދުމާގުޅޭ

        

2023 އޯގަސްޓް 06 ގައި ފެށޭ ދިރާސީ އަހަރަށް ވަށަފަރު ޕްރީ ސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ.

ގްރޭޑް

2024-2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

ބޭބީ ނާސަރީ

2023 ޖުލައި 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ދަރިވަރުން

ނާސަރީ

2023 ޖުލައި 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ދަރިވަރުން

 

ވީމާ، ސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޖުލައި 03 ވާ ހޯމަ ދުވަހުން ފެށިގެން 2023 ޖުލައި 31 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:00 އަށް ވަށަފަރު ކައުންސިލްގެ އިދާރާއިންނެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖުލައި 2023
ހޯދާ