މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ސްޓޮކަށް ބޭނުންވާ ތަކެތި ވިއްކާނެ ފަރާތެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                            

                                        އިޢުލާން

            މި މިނިސްޓްރީގެ ސްޓޮކަށް ބޭނުންވާ ތަކެތި (އެއްކަރުދާސްކުރެވިފައި) ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން މި މިނިސްޓްރީގެ [email protected]  އީ.މެއިލް އެޑްރެހަށް ކޮންޓެކްޓް ނަމާއި، އެޑްރެހާއި، ކޮންޓެކްޓް ނަމްބަރާއި އަދި އީ.މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.) މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް މިބީލަމާއި ގުޅޭ މަޢޫލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

           ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 11:00އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ [email protected] އީ.މެއިލްއަށް ފޮނުއްވާ މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.  

04 ޖުލައި 2023
ހޯދާ