ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މޯޝަން ގްރެފިކްސް ޑިޒައިނަރ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

މޯޝަން ގްރެފިކްސް ޑިޒައިނަރ

ޑިވިޜަން/ ސެކްޝަން:

ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން، މޯލްޑިވްސް ބިޒްނަސް ނެޓްވޯރކް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (1 އަހަރު)، ޕާފޯމަންސްއަށް ބެލުމައްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މައި އޮފީސް

މަޤާމުގެ ޝަރުތުތައް:

ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުން އަދި 04 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ އޯ ލެވެލް އަދި 07 އަހަރު ދުވަހުގެ ދާއިރާއާއި ގުޅުންހުރި މަސައްކަތު ތަޖުރިބާ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ޖޮބް ޑިސްކްރިޕްޝަން އަށް ރިޢާޔަތް ކުރައްވާ

މުސާރަ:

ޖޮބް ޑިސްކްރިޕްޝަން އަށް ރިޢާޔަތް ކުރައްވާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓަޑް އަދި އެކްރެޑިޓް ކުރެވިފައި)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ޕޮލިސް ސެޓްފިކެޓް
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

11 ޖުލައި 2023 ވަނަ ދުވަހުގެ 15:00 އަށް

 

މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ޖުލައި 2023 ގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3305555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

04 ޖުލައި 2023
ހޯދާ