މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ކުއްޔަށް ހިފުމާއި ބެހޭ

ޕިކަޕެއް ކުއްޔަށް ހިފުމާއި ބެހޭ

 

ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކުނި ނެގުމުގެ މަސައްކަތް ކުރުމަށް ޕިކަޕެއް ކުއްޔަށް ދޭނެ  ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީހަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަޑައެޅިފައިވާ ތާރީޚަށް އެސްޓިމޭޓް ހުށަހެޅުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން އޮންނާނީ މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވަންވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އިގޭފަދަ ރަސްމީ ލިއުމަކާއި އެކުގައެވެ. ކުންފުންޏަކުން ނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އަންގައިގޭ ލިއުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތު ދިނުން

އެސްޓިމޭޓް ހުށަހެޅުން

10 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:00 އަށް

13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް

 

އެސްޓިމޭޓް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކުފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިއުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިއުމެއްނެތި ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެސްޓިމޭޓްތަކާއި، އީމެއިލާ ފެކްސްގެ ޒަރީޢާއިން ފޮނުވާ އެސްޓިމޭޓްތައް ބަލައި ނުގަންނާނެކަމާ، އަދި މަޢުލޫމާތު ފުރިހަމަނުވާ އެސްޓިމޭޓްތައް ބާޠިލް ވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                   މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޖުލައި 2023
ހޯދާ