މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި އިންބޯޑް އިންޖީނެއް ވިއްކައިލުން

 މި ކުންފުނީގައި ބޭނުންކޮށްފައިވާ އިންބޯޑް އިންޖީނެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައިއެވެ.  އިންޖީނު ބެހެއްޓިފައި ހުންނާނީ ކ.ތިލަފުށި / އެމްޓީސީސީ ސައިޓު ގައެވެ.

ނީލަން ނަންބަރު

އިންޖީނު ނަން

މުދަލުގެ ފެންވަރު

ތަކެތި ހުރިތަން

ނީލަން ފެށޭއަގު

 މަދުވެގެން   އިތުރުކުރެވޭއަގު

S-2023/04

Engine 6CH-WUTE

ހަލާކުވެފައި

ކ.ތިލަފުށި / އެމްޓީސީސީ ސައިޓު

54,000.00

5,000.00

 
ސިޓީލާ ނީލަމުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށްފަހު ޑިޕޮސިޓް ފައިސާ ދެއްކުމަށް ދަންނަވަމެވެ. އަދި ނީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުން އަގުހުށަހެޅުމަށް ސިޓީ ފޮނުއްވާނީ ޓްރޭޑިންގ ޑިވިޜަން ހެންވޭރު ސޯމިލް އަށެވެ. ނީލަން ފެށުމަށްފަހު ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރު 12:00 ގެ ފަހުން މިޑިވިޜަންގެ ނޯޓިސްބޯޑުން ފެންނަން ހުންނާނެއެވެ. އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. މި ނީލަމާއި ގުޅުންހުރި މަޢުލޫމާތު މިކުންފުނީގެ އޮކްޝަން ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ.

ނީލަމާއި ގުޅުން ހުރި އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 1650 ނަންބަރ ފޯނަށް ގުޅުއްވުމަށް އެދެމެވެ.

03 ޖުލައި 2023
ހޯދާ