އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
އިނާމް ދިނުމުގެ ޖަލްސާއަށް ބޭނުންވާ އިނާމް ގަތުން

އިނާމް ދިނުމުގެ ޖަލްސާއަށް ބޭނުންވާ އިނާމް ގަތުން

  1. މިސްކޫލްގެ 2022 ވަނައަހަރުގެ އަހަރީ އިނާމްދިނުމުގެ ޖަލްސާއަށް ބޭނުންވާ އިނާމް ގަތުމަށް ބޭނުންވާތީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 03 ޖުލައި 2023 ން 11 ޖުލައި 2023 ގެ ނިޔަލަށް ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. އީމެއިލް އިން ނަންނޯޓް ކުރައްވާ ފަރާތްތަކުން ސަބްޖެކްޓްގައި އިޢުލާން ނަންބަރ ޖެއްސެވުމަށްފަހު މެއިލްގައި ބިޑް ހުށަހަޅާ ފަރާތުގެ/ކުންފުނީގެ ނަން، ފޯން ނަންބަރ، މަސްޢޫލުވެރިފަރާތް އަދި އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މި ބިޑްގައި ބައިވެރިވާން އެދޭކަން ލިޔުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
  3. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ޖުލައި 2023 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12 ޖުލައި 2023 ވަނަ ދުވަހުގެ11:00 ގައި އައްޑޫ ހައި ސްކޫލް ގައެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 ޖުލައި 2023 ވަނަ ދުވަހުގެ 11:00 ގައިއައްޑޫ ހައި ސްކޫލް ގައެވެ.
  6. ބީލަން ހުށަހެޅުމާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

އައްޑޫ ހައި ސްކޫލް

ހިތަދޫ،އައްޑޫ                                                             

ފޯން:  6885796

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

14 ޛުލްޙިއްޖާ 1444

02 ޖުލައި   2023

02 ޖުލައި 2023
ހޯދާ