ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

 

މިޓްރައިބިއުނަލްގެ ނަންބަރު: (IUL)200-A/200/2023/18 އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، މިމަޤާމުތަކަށް އަލުން ހުޅުވާލަމެވެ.

މަޤާމު:

ސީނިއަރ ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

މުސާރަ:

7،500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަރވިސް އެލަވަންސް: 2،000.00 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ފައިސާއާބެހޭ އެންމެހާ ލިޔެކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ އުޞޫލާއި އެއްގޮތަށް ތައްޔާރުކޮށް ބެލެހެއްޓުން.
  2. ފައިސާއާބެހޭ އެންމެހާ ފޮތްތަކާއި އިންވެންޓްރީއާއި، ފޯމެޓްތައް ތައްޔާރުކުރުން.
  3.  ކޮންމެ މަހެއްގެވެސް 5 ވަނަ ދުވަހުގެ ކުރީން ހުރިހާ އެކައުންޓް ތަކެއްގެ ޚަރަދު ރިޕޯރޓާއި، ތިޖޫރީ ރިޕޯރޓާއި، ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް އަދި އާމްދަނީ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  4. މެންބަރުންނާއި މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. ދުވަހުން ދުވަހަށް ޙަރަދުތައް ބަޖެޓް ރިޕޯޓަށް އަޕްޑޭޓްކޮށް ބަޖެޓް ބާކީ ބެލެހެއްޓުން.
  6. ޓްރައިބިއުނަލަށް ހޯދާ ތަކެއްޗާއި ޚިދުމަތްތަކުގެ ބިލްތައް ލިބޭދުވަހު ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ސެޕް ސިސްޓަމްއަށް އެޅުމަށްފަހު ޕޯސްޓްކުރުމަށް ހަވާލުކުރުން.
  7. ޓްރައިބިއުނަލްގެ ހިސާބުތައް މާލީޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން ގަވާއިދުން ބަލަހައްޓަމުން ގެންދިއުން.
  8. މާލީޒިންމާދާރު ވެރިޔާގެ ލަފާގެ މަތީން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
  9. އާމްދަނީ ފައިސާ ބެލެހެއްޓުމާއި ޖަމާކުރުން.
  10. ޕެޓީކޭޝް ފައިސާ ބެލެހެއްޓުން.
  11. ތިޖޫރި ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ގޮތެއްގެމަތިން ތިޖޫރި ރިޕޯޓް ހަދާ ފޮނުވަންޖެހޭ އޮފީސްތަކަށް ފޮނުވުން.
  12. ފައިނޭންޝަލް ޕްލޭން ހެދުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކުރުރާސްތާ، މެދުރާސްތާ އަދި ދުރު ރާސްތާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  13. ބަޖެޓުން ޚަރަދުކުރެވޭ ގޮތުގެ ކޮމްޕެރިޒަން ހެދުމާއި، ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭކަންތައްތައް ދެނެގަތުން.
  14. ބަޖެޓަށް ލިބޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭކަން ޔަޤީން ކުރުން.
  15. ޓްރައިބިއުނަލްގެ ފައިނޭންޝަލް ސިސްޓަމެއް ޤާއިމްކުރުމަށް ބޭނުންވާ ޕޮލިސީއާއި ޕޮރޮސީޖަރތައް ލިޔުމުގައި މާލީޒިންމާދާރު ވެރިޔާއަށް އެހީތެރިވެދިނުން.
  16. މާލީ ބަޔާން ތައްޔާރުކުރުމުގައި މާލީޒިންމާދާރު ވެރިޔާއަށް އެހީތެރިވެދިނުން.
  17. ޓްރައިބިއުނަލްގެ މާލީ ހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓަށް ފަހު ޓްރައިބިއުނަލުން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމުގައި ޓްރައިބިއުނަލްގެ ކަމާބެހޭ ވެރީންނަށް އެހީތެރިވެދިނުން.
  18. ކްރެޑިޓް ސްކީމްއާއި އޮފީސް މެދުވެރިކޮށް މުވައްޒަފުން ނަގާ ލޯނާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި އެކަންތަކާގުޅޭ ރިކޯޑް ބަލަހައްޓާ އަދި މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާއި މުޢާމަލާތުކުރުން.
  19. ޤާނޫނާއި، ޤަވާއިދު، އުސޫލުތައް އަދި ޑިރެކްޓަރގެ ލަފާގެ މަތިން ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގެ ކަންތައް ރާވައި ހިންގައި ބެލެހެއްޓުން.
  20. ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާއާގުޅޭ ލިޔުންތައް ޤަވާޢިދުން ފުރިހަމަވެފައި ހުރިތޯ ބަލައި ކަނޑައެފައިވާ މުއްދަތެއްގައި ބިލްތަކާއި ލިޔުންތަކަށް ފައިސާ ޙަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  21. ހޯދަން ބޭނުންވާ ޚިިދުމަތްތަކާ ގުޅިގެން ޖީ.އެލް ކޯޑްތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ޑިރެކްޓަރގެ ލަފާގެމަތިން ބަދަލު ގެނެސް މުދަލާއި ޚިދުމަތް ހޯދުމުގައި މުވައްސަސާއަށް އެންމެ ބޭނުންތެރިގޮތެއްގައި މަސައްކަތް ކުރުން.
  22. އަހަރީ އޮޑިޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް އޮޑިޓް ކުރުވުން.
  23. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފައިސާ ބަލައިގަންނަ ސިސްޓަމް ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ސިސްޓަމް އަޕްޑޭޓްކޮށް ފައިސާ ބަލައިގަތުމެގެ މަސައްކަތް ކުރުން.
  24. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަލައިގަންނަ ފައިސާ ޤަވާޢިދުން އެމް.އެމް.އޭއަށް ޖަމާވަމުންދޭތޯ ޔަޤީންކުރުން.
  25. ބަޖެޓް އެންޑް ފައިނޭންސަށް ފޮނުވާ / ލިބޭ ސިޓީ، މެސެޖްތަކަށް ޖަވާބު ތައްޔާރު ކުރުން.
  26. ފައިސާ އަދި ބަޖެޓާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް އިލެކްޓްރޯނިކްކޮށް ބެކްއަޕްކޮށް ފައިލް ކުރުން.
  27. ޝެކްޝަނުން ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ފައިލިންގް ސިސްޓަމް ހަރުދަނާކޮށް ބެލެހެއްޓުން.
  28. މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން މި މުވައްސަސާގައި ހެދިފައިވާ ފައިސާއާ ގުޅުންހުރި އެންމެހާ ކޮމިޓީތަކުގައި ބައިވެރިވުން.
  29. ދައުލަތުގެ މާލީ އިދާރާތަކާއެކު އޮންނަންޖެހޭ ގުޅުން ޤާއިމްކޮށް، މި މުވައްސަސާ ހަރުދަނާ ކުރުމަށް މުޢާމަލާތް ކުރަންޖެހޭ އެންމެހާ ފަރާތްތަކާއެކު ހަރުދަނާ ރަނގަޅު ގުޅުމެއް ޤާއިމުކުރުން.
  30. މީގެ އިތުރުން ޤަވާއިދު ތަންދޭ އެންމެ މަތީ ދަރަޖައަކަށް މި މުވައްސަސާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން.
  31. މަތީގައި ބުނެވިދިޔަ މަސައްކަތްތަކުގެ އިތުރުން ޓްރައިބިއުނަލްގެ މަސައްކަތްތަކާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި ޓްރައިބިއުނަލުން ހިންގަންޖެހޭ ޚާއްސަ ބޮޑެތި ކަންތައްތަކުގައާއި ކުއްލިގޮތުގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި އެހީތެރިވެދިނުމާއި އަދި ޓްރައިބިއުނަލުން ހިންގާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވާން ޖެހިއްޖެނަމަ ބައިވެރިވާންވާނެއެވެ.  

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ،

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގް ތަޢުލީމީ ރޮނގުތައް:

  1. ފައިނޭންސް
  2. އެކައުންޓިންގ

މަޤާމުގް މަސައްކަތުގް ދާއިރާތައް:

  1. ފައިނޭންސް
  2. އެކައުންޓިންގ

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

މުސާރަ:

7،500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަރވިސް އެލަވަންސް: 2،000.00 ރުފިޔާ

 ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެކްޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
  2. ސެކްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުން.
  3. ސެކްޝަންގެ އެންޓްރީ އަދި އެހެނިހެން ލިޔުންތައް ސެކްޝަނާ ހަވާލުވެ ހުންނެވި ވެރިއަކަށް ފޯރުކޮށްދިނުމާއި، ލިޔެކިޔުންތައް ކަމާބެހޭ ފަރާތްތަކަށް ޙަވާލުކުރުން.
  4. ސެކްޝަނަށް ލިބޭ ލިޔެކިއުންތަކަށް ޤަވާޢިދުން ފިޔަވަޅު އެޅުން.
  5. ޖަލްސާތަކާއި އެޕޮއިންޓްމަންޓްތައް އަދި ބައްދަލުވުންތައް އިންތިޒާމްކުރުމާއި ޔައުމިއްޔާކޮށް ބެލެހެއްޓުން.
  6. ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަލަހައްޓަންޖެހޭ ތަފާސްހިސާބުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކުގެ މަސްދުވަހުގެ ރިޕޯޓު ތައްޔާރުކޮށް ބެލެހެއްޓުމާއި، އެ މަޢުލޫމާތު އިދާރީ ސެކްޝަނަށް ދިނުން.
  8. ޑިސްޕެޗްކުރަން ޙަވާލުކުރާ ސިޓީތަކާއި ލިޔުންތައް ޑިސްޕެޗް ކުރުން.
  9. ސެކްޝަނަށް އަންނަ ލިޔުންތަކާއި ސެކްޝަނުން ފޮނުވާ ލިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  10. ގެޒެޓް ކުރެވެމުންދާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދުން.
  11. ޓްރައިބިއުނަލްއަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓްތައް ތައްޔާރުކުރުން.
  12. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކުރުން.
  13. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަ ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޞްލާޙުކުރަންޖެހޭ ފޯމުތައް ރަޖިސްޓްރާރގެ އިރުޝާދުގެ ދަށުން އިޞްލާޙުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  14. ރަޖިސްޓްރާރގެ ލަފާގެ މަތިން ނިންމަވަންޖެހޭ އެންމެހައި ކަންތައްތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.
  15. ޓްރައިބިއުނަލް އޮފިސަރުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  16. ރަޖިސްޓްރަރ ކަނޑައަޅާ ގޮތެއްގެ މަތިން ޓްރައިބިއުނަލަށް ހުށަހެޅޭ އެންމެހާ މައްސަލަތަކުގެ ޑާޓާބޭސް އަދާހަމަކުރުން.
  17. މައްސަލަތަކާ ގުޅިގެން ޗުއްޓީ ހޯދުމަށް އެދޭ ފަރާތްތަކަށް ޗުއްޓީ ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ސެކްޝަން އިން ތައްޔާރުކުރާ ޗުއްޓީއަށް އެދިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޝީޓު ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން.
  18. ކޮންސިލިއޭޝަން ބައްދަލުވުންތައް ބޭއްވުމުގައި ރަޖިސްޓްރަރ އަށް އެހީތެރިވެދިނުން.
  19. މައްސަލަ ހުށަހަޅާ ފޯމުތަކުގެ ތެރެއިން ލިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން އެންޓްރީ ނުކުރެވި ލަސްވާ މައްސަލަތަކުގެ މަޢުލޫމާތު ސާފުކޮށް ދުވަހުން ދުވަހަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  20. ޓްރައިބިއުނަލަށް ހުށަހެޅި ރަޖިސްޓްރީ ކުރެވިފައިނުވާ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާ ސިޓީތަކަށް ރަޖިސްޓްރަރގެ އިރުޝާދުގެ މަތީން ފިޔަވަޅުއެޅުން.
  21. ޓްރައިބިއުނަލަށް ހުށަހެޅި ރަޖިސްޓްރީ ކުރެވިފައިނުވާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ކުރަންޖެހޭ މުޢާމަލާތް ކުރުން.
  22. ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ ފައިލްތައް ތައްޔާރުކުރުން.
  23. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ކަލަންޑަރު ތައްޔާރު ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތައްތައް ކުރުން.
  24. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއިގުޅޭ އެންމެހާ އިދާރީ މަސައްކަތްކުރުން.
  25. އަޑުއެހުންތަކުގެ ތާވަލު ތައްޔާރުކުރުން.
  26. ޓްރައިބިއުނަލަށް ބަލައި ނުގަތުމަށް ނިންމާ މައްސަލަތައް ސަބަބު ބަޔާންކޮށް ނިންމުން ތައްޔާރުކޮށް، މައްސަލަ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމާއި، ޓްރައިބިއުނަލަށް ބަލައިގަނެވޭ މައްސަލަތައް މެންބަރުންނަށް ޙަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.
  27. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓް ރައްދު ކުރުމުގެ ކަންތައް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް، އެކަން ރަނގަޅަށް ކުރިއަށްދާކަން ބަލާ ޔަޤީންކުރުން.
  28. ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއިއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި އެހީތެރިވެދިނުން.
  29. ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު އާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކޮށް، އެފަދަ ކަންކަން ރާވާ ހިންގުމަށް އެހީތެރިވެދިނުން.
  30. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީތަކުގެ ދަފްތަރު ބެލެހެއްޓުން.
  31. ކޯޓްތައް މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ޓްރައިބިއުނަލަށް އެ ކޯޓަކުން ފޮނުވަމުންދާކަން ކަށަވަރުކުރުން.
  32. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ ނިންމުންތައް އާންމުކޮށް ފެންނަން ހުންނާނެހެން ވަޒީފާއަބެހޭ ޓްރައިބުއުނަލަށް ދުވަހުން ދުވަހަށް އަޕްލޯޑް ކުރެވުމުންދާކަން ކަށަވަރުކުރުން.
  33. މައްސަލަތަކާ ގުޅިގެން ބޭއްވޭ އަޑުއެހުންތަކުގެ ތާވަލު އާންމުކޮށް ފެންނަން ހުންނާނެހެން ވަޒީފާއަބެހޭ ޓްރައިބުއުނަލަށް ދުވަހުން ދުވަހަށް އަޕްލޯޑް ކުރެވުމުންދާކަން ކަށަވަރުކުރުން.
  34. ވަޒީފާއާބަހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ތަންފީޒުކުރަމުންދާކަން ކަށަވަރު ކުރުން، އަދި ތަންފީޒުކުރުމަށް ކޯޓަށް ފޮނުވަންޖެހޭ ނިންމުންތައް ކޯޓަށް ފޮނުވުމަށް އިދާރީގޮތުން ކުރުންޖެހޭ އެންމެހައި ކަންތައްތައް ކުރުން
  35. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ އާއްމުމަޖިލީސްގެ ސެކްރެޓްރީގެ މަސައްކަތްކުރުމާއި، މެންބަރުން ބައިވެރިވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން އަދި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  36. ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ދަތުރުތަކުގެ އިންތިޒާމުތައް ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ހަމަޖެއްސުމާއި އެ މަސައްކަތް މޮނީޓަރކުރުން.
  37. ޓްރައިބިއުނަލްގެ ސްޓްރެޖިކް އެކަޝަން ޕްލޭން އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  38. މެންބަރުންގެ ސެކްޓްރީއެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
  39. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުތަކާއި އުސޫލުތައް މުރާޖައާ ކުރުމާއި އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  40. މެންބަރުންގެ ހަޒިރީ ބެލެހެއްޓުން އަދި ހަޒިރީ ރިޕޯޓް ތައްޔާރުކޮށް އެޗް.އާރް ސެކްޝަނަށް ހިއްސާކުރުން.
  41. ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ހިއްސާކޮށް، އަދި އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
  42. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ޓްރައިބިއުނަލް ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.
  43. މިނޫނަސް ޓްރައިބިއުނަލްގެ މަސައްކަތް ހަލުވިކޮށް، ފަސޭހަކުރުމަށްޓަކައި، ކުރަން ކަނޑައަޅާ މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ  ތަޢުލީމީ ރޮނގަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން،

ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 02 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގް ތަޢުލީމީ ރޮނގުތައް:

  1. ގާނޫނީ ދާއިރާ
  2. އެޑްމިނިސްޓްރޭޝަން 
  3. މެނޭޖްމަންޓް

މަޤާމުގް މަސައްކަތުގް ދާއިރާތައް:

  1. ޝަރީޢާ އެންޑް ލޯ
  2. ލޯ
  3. އެޑްމިނިސްޓްރޭޝަން
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  5. ބިޒްނަސް މެނޭޖްމެންޓް

 

އެހެނިހެން:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:

މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،

3.  އައި.ޑީ ކާޑުގެ ކޮޕީ،

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،

  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 

ޝޯޓްލިސްޓުކުރުން:

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

 

02 ޖުލައި 2023
ހޯދާ