ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ތަރައްޤީ ކުރާ ވޮލީކޯޓުގެ ޖަހަންޖެހޭ ލައިޓް ޕޯސްޓް އަދި ކަރަންޓް ވައިރިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އަލަށް ތަރައްޤީކުރާ ވޮލީކޯޓުގެ ލައިޓް ޕޯސްޓް ޖަހައި އެ ޕޯސްޓްތަކުގައި ހަރުކުރަން ޖެހޭ ލައިޓް އަދި ލައިޓްތަކަށް އަޅަންޖެހޭ ކަރަންޓް ވައިރު އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި އިޢުލާނާއި ގުޅިގެން ޝައުގުވެރުކަން ހުރި ފަރާތްތަކުން ރަޖިސްޓްރީވުމަށް ދެވުނު މުއްދަތުގައި އެއްވެސް ފަރާތަކުން ރަޖިސްޓްރީވެފައިނުވާތީ މި އިދާރާގެ ނަންބަރު (IUL)422-B1/422/2023/50 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ބީލަމުގައި 6 ޖުލައި 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ކުރިން އިދާރާގެ މެއިލް އެޑްރެހަށް، ([email protected]) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯރމް ފުރުއްވުމައްފަހު އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެކިއުންތައް، ސޮފްޓްކޮޕީ މެއިލް ކުރެވޭނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 11 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ  12 ޖުލައި 2023 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު

  • ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
  • ފޯން:  4002625
  • އީމެއިލް: [email protected]

 

14  ޛުލްޙިއްޖާ  1444

2    ޖުލައި    2023

02 ޖުލައި 2023
ހޯދާ