ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( ހައުސްކީޕަރ )

މި އިޢުލާންވަނީ 18 ސެޕްޓެންބަރު 2023 09:24 ގައި ބާތިލް ކުރެވިފައެވެ.


ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓު

      ކޮނޑޭ، ދިވެހިރާއްޖެ.

 

އިޢުލާން

 

ތިރީގައި އެ ވާ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފަކު ބޭނުންވެއެވެ.

 

 ވަޒީފާގެ ފުރުޞަތު

 ނަންބަރު: P7C(IUL)/2023/05

 ތާރީޚް: 01 ޖުލައި 2023

 މަޤާމް:

 ހައުސްކީޕަރ

 ކްލެސިފިކޭޝަން

 ސަޕޯޓް ސްޓާފް ގރ. 1

 ރޭންކް

 އެސް. އެސް 1

 އަސާސީ މުސާރަ

 -/3100ރ.

 މި މަޤާމަށް ލިބޭ   އެލަވަންސް

 - ޖުޑީޝަލް އެލަވަންސް: 620.00ރ. (މުސާރައިގެ %20)

 - ސަރވިސް އެލަވަންސް: 1000.00ރ.

 - ލިވިންގ އެލަވަންސް: 2550.00ރ.

 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 - ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށޫން ލިބިދެވޭ ފެންޝަން ފައިސާ

 

 އަސާސީ ޝަރުޠު

 - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ލިޔަން ކިޔަން އެނގުން. (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ ލިޔަންކިޔަން އެނގޭކަން އަންގައިދޭ، ސަރުކާރުގެ ކަމާބެހޭ އިދަރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ

 - ލިޔަންކިޔަން އެނގޭތޯ ބެލުމަށް ކޯޓުން ޓެސްޓެއް ދީގެންނެވެ.)

 

 އެހެނިހެން ޝަރުޠު

  • ވަޒީފާ އަށް އެދި ހުށަހަޅާއިރު 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން، އަދި ވަޒީފާ އިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށް ވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ މެޖިސްޓްރޭޓް ކޯޓު ނުވަތަ އެ ކްލަސްޓަރގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފަކާއި ހުރި ފަރާތެއްކަމުގައި ނުވުން.
  • ދިވެއްސަކު ކަމުގައި ވުން.

 

 މަޤާމުގެ މަސްޢޫލިއްޔަތު

  • ކޯޓަށް ޙާޟިރުވާންޖެހޭ ދުވަސްތަކުގައި ބަރާބަރަށް ގަޑިއަށް ކޯޓަށް ޙާޟިރުވުން
  • ކޯޓުގެ ދިދަ ވާގަޑު ކެނޑިއްޖެނަމަ ވައުފަށް ބަދަލުކޮށް ދިދަ އެރުވުން.
  • ކޯޓުގެ އިންފާރު ވަށައިގެން އޮންނަ ހުރިހާ މަގުތަކުގެ ކޯޓާއި ވީ ފަޅި ވިނަ ނޮޅައި ކުނި ކަހައި ސާފްކޮށް ބެލެހެއްޓުމާއި ކުނި އުކުން.
  • ކޯޓުގެ ގޯތި ތެރޭގައި ވިނަ ނޮޅައި ކުނި ކަހައި ކުނި އުކައި ސާފުކުރުން.
  • ކޯޓުގެ ގޯތި ތެރޭގައި ވާ ރުއްގަސް ވެރިންގެ އަމުރާއި އެއްގޮތަށް ސާފްކޮށް ބެލެހެއްޓުން.
  • ކޯޓުގެ ފެންވަޅު ދިޔަ ހިއްކައި ސާފްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  • ކޯޓުގެ ފެންތާނގީ ސާފްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  • ކޯޓުގެ އިމާރާތުގެ ދޮރުތަކާއި ފެންލައިޓްތަކާއި ބިއްލޫރި ސާފުކުރުން.
  • ކޯޓު އިމާރާތުގެ ހުރިހާ ކޮޓަރިތަކާއި ތަންތަނުގެ ކުނިކަހައި، މޮޕްޖެހުމާއި މީރުވަސް ދުވައްފައި ބެހެއްޓުން.
  • ކޯޓުގެ އެއަރކޯންތަކާއި ފަންކާތަކާއި އަދި ހަރުކޮށްފައި ހުންނަ އެހެނިހެންތަކެތީގެ ހިރަފުސްފޮޅާ ސާފުކުރުން.
  • ކޯޓުގެ ހުރިހާ ފަރުނީޗަރުތަކުގެ ހިރަފުސް ފޮޅާ ސާފުކޮށް ތަރުތީބުން ބެހެއްޓުން.
  • ކޯޓުގައި ކުރަންޖެހޭ ކުދި މަރާމާތުތައް ކުރުމާއި އެ މަސައްކަތުގައި މުވައްޒަފުންނަށް އެހީތެރިވުން.
  • ކޯޓުގެ ޢިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވި މަދުވެގެން 3 މަހުން އެއްފަހަރު ސާފުކުރުން.
  • ސީނިއަރ މުވައްޒަފުންގެ އިރުޝާދާއި އެއްގޮތަށް ކޯޓުގެ ކޮމްޕިއުޓަރާއި ޕްރިންޓަރުފަދަ އިލެކްޓްރޯނިކް ވަސީލަތްތަކުން ހިރަފުސް ފޮޅައި، ސާފުކޮށް ބެލެހެއްޓުން.
  • ކޯޓުން މާލެ ނުވަތަ އެހެން ރަށަކަށް ފޮނުވާތަކެތި، ބަނދަރަށް ގެންގޮސް ދޯންޏަށް ނުވަތަ ލޯންޗަށް އެރުވުމާއި، މާލެއިން ނުވަތަ އެހެންރަށަކުން ކޯޓަށްފޮނުވާ ތަކެތި ކޯޓަށް ގެނައުން.
  • އެކި ފަރާތްތަކާއި ޙަވާލުކުރުމަށް ދެވޭ ކޯޓު އަމުރު ޤަވާޢިދުން ފަރުވާތެރިކަމާއިއެކު ޙަވާލުކުރުން.
  • ކޯޓުން ސަރުކާރުގެ އިދާރާތަކަށާއި، އެހެނިހެން ފަރާތްތަކާ ޙަވާލުކުރަންޖެހޭ ސިޓީއާއި، ލިޔުން އަދި އެހެނިހެންތަކެތި ޙަވާލުކުރުން.
  • ކޯޓަށް ގަންނަންޖެހޭ ތަކެތި ގަނެދިނުމާއި ކޯޓަށް ބޭނުންވާތަކެތި ހޯދުމުގައި، ކަމާބެހޭ މުވައްޒަފު އަންގާ ގޮތެއްގެ މަތިން ފިހާރަތަކަށް ގޮސް ތަކެތީގެ އަގު ބަލައިދިނުން.
  • މީގެ އިތުރުން ވެރިންގެ ފޯނުކޯލުތަކަށް އިޖާބަ ދިނުމާއި އަންގާ ރަސްމީ އެންމެހާ މަސައްކަތް ކުރުން.

 މަސައްކަތް ކުރަންޖެހޭ ތަން

 ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓް

 ކޮންޓްރެކްޓް މުއްދަތު

 01 އަހަރު ދުވަސް

 ގުޅޭ ވަޒީފާގެ ދާއިރާތައް

 ހައުސްކީޕިންގ އެންޑް މެއިންޓެނަންސް

 ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާ އަށް އެދޭ ފޯމުން މި ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  2. ކުރިމަތި ލާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައި ދޭ ކާޑުގެ ކޮޕީ.
  3. ކުރިމަތި ލާ ފަރާތުގެ ވަނަވަރު.
  4. ވަޒީފާއަށް ކުރިމަތި ލާ ފަރާތްތަކުން ހުށަހަޅަންޖެހޭ މަޢުލޫމާތު ސްލިޕް.
  5. ލިބިފައި ވާ މަތީ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

  1. ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  1. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.
  2. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.

 

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖުލައި 2023 ގެ 13:00 ގެ ކުރިން، ކޮނޑޭ މެޖިސްޓްރޭޓް ކޯޓްއަށެވެ.  

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ މައުލޫމާތު ސްލިޕް މި ކޯޓުގެ ކައުންޓަރުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ވެބްސައިޓް dja.gov.mv  އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު 9567000
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެއެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

 ވަޒީފާ އަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 - ތަޢުލީމު %30

 - ތަޖުރިބާ އާއި ތަމްރީން

 - މަސައްކަތަށް ބޭނުން ވާ ހުނަރު

 - އިންޓަރވިއު %40

 

 މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 - އަޚްލާޤު ރަގަޅުވުން.

 - ކޯޓުގެ މަސައްކަތަށް ގިނަ ވަގުތު ހޭދަކުރެވުން.

 މުވައްޒަފުންގެ ކަންކަމާއި ގުޅޭ މައިގަޑު ޤަވާޢިދު

 

 - ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011

 

                     
02 ޖުލައި 2023
ހޯދާ