ރ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ރ.އަތޮޅު މަދަރުސާގެ ދަރިވަރުންގެ އެކްޓިވްޓީ ޔުނިފޯމް ތައްޔާރުކޮށް ސްކޫލަށް ފޯރުކޮށްދިނުން

ނަންބަރު: 07GS18 / I / 2023 /

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ތާރީޙް: 02 ޖުލައި 2023

އިޤްތިޞާދީ ފުދުންތެރިކަން – އިޖްތިމާޢީ ހަމަޖެހުން

 

 

ރ.އަތޮޅު މަދަރުސާގެ ދަރިވަރުންގެ އެކްޓިވްޓީ ޔުނިފޯމް ތައްޔާރުކޮށް ސްކޫލަށް ފޯރުކޮށްދިނުން

 

  • މި ސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް މި ސްކޫލަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން  ބީލަން ހުށަހެލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  • ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  • މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 02 ޖުލައި 2023 އިން 06 ޖުލައި 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އާއި ދެމެދު ސްކޫލު އޮފީހުގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
  • މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.
  • މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 09 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.
  • ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ޖުލައި 16 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. ބީލަން ހުށައެޅުމަށް ހާޒިރުވާއިރު، ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މި އިއުލާނާއި ގުޅިގެން ބީލަން ހުށައެޅޭނީ ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރާ ފަރާތްތަކަށެވެ.

  

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯން:   7963333

އީ-މެއިލް: [email protected]

14 ޛުލްހިއްޖާ 1444

02 ޖުލައި 2023

 

މުޙައްމަދު އަނީސް

ޕްރިންސިޕަލް

02 ޖުލައި 2023
ހޯދާ