ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމެއް ގަންނަން

މިއޮފީހަށް ކޮމްޕިއުޓަރ ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ

މިއޮފީހަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމެއް ހޯދުމަށް، މިއޮފީހުން ކުރި ނަންބަރު IUL)1-FA(B)/1/2015/2)ފ(22 ޖަނަވަރީ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި ކޮމްޕިއުޓަރ ސިސްޓަމް ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 ފެބުރުވަރީ 9 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

15 ރަބީޢުލްއާޚިރާ 1436

05 ފެބުރުވަރީ 2015
ހޯދާ