ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ ލޯޑްކޮށް އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދަން

                                                   ނަންބަރ:  HPL/PRC/I-2023/06

އިޢުލާން

މިކުންފުނީގެ ބަނދަރަށް އަންނަ ބޯޓުފަހަރުން 01 (އެއް) އަހަރުގެ މުއްދަތަށް ސަބްކޮންޓްރެކްޓްގެ ގޮތުގައި ކާގޯ ލޯޑު ކުރުމާއި އަންލޯޑު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ބީލަން ހުށަހަޅާ ފަރާތަކީ، ހިތަދޫ ޕޯޓް ލިމިޓެޑްގެ ވެރިއެއް ނުވަތަ މުވައްޒަފަކާ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައިވާނަމަ ނުވަތަ މި ކުންފުނީގައި ވަޒީފާ އަދާކުރާ ފަރާތެއް ނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމަށް ފަހު، ހިތަދޫ ޕޯޓް  ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޕްރީބިޑް މީޓިންގ

  • ޕްރީބިޑް މީޓިންގް 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެޗް.ޕީ.އެލް އެޑްމިން އޮފީހުގައި

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 18 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެޗް.ޕީ.އެލް އެޑްމިން އޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

  • ފުރިހަމަ ކުރެވިފައިވާ ބިޑު ސަބްމިޝަން ފޯމް
  • ކޮމްޕެނީ ޕްރޮފައިލް އިންފޯމޭޝަން ޝީޓް (މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމަންޓް)
  • ކުންފުނީގެ ރަޖިސްޓްރީ ގެ ކޮޕީ
  • ކޮންޕެނީ ޕްރޮފައިލް  (ކުންފުނީގެ މައިގަޑު މަސައްކަތާއި މުވައްޒަފުންގެ އަދަދާއި އެހެނިހެން މަޢުލޫމާތު)
  • އަމިއްލަ ފަރާތެއް ނަމަ އެފަރާތެއްގެ އަ.އި.ޑީ ކާޑު ކޮޕީ
  • ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީކޮށްފައިވާނަމަ)

 

 

  • މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާނަމަ، އެކަން އެނގޭނެފަދަ ލިޔުން ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުންތައް ގޮތުގައި ޕޮއިންޓް ދެވޭނީ މަސައްކަތާއި ގުޅޭދާއިރާއެއްގައި ކޮށްފައިވާ މަސައްކަތެއްކަން އެގޭގޮތަށް، މަސައްކަތް ކުރުވިފަރާތުން ދީފައިވާ ސެޓްފިކެޓް ނުވަތަ ލިޔުންތަކަށެވެ. އަދި އެފަރާތް ތަކާއި ގުޅޭނެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު އަދި ބޭނުންވާ ފޯމްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް ލިބިލައްވާނެއެވެ.

 

އިތުރު މައުލޫމާތު ބޭނުންވާނަމަ:

 

 އީމެއިލް: [email protected]

  ފޯން : 6888558 (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް)

 

22 ޖޫން 2023

22 ޖޫން 2023
ހޯދާ