ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އޮފީސް އެސިސްޓަންޓް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

އޮފީސް އެސިސްޓަންޓް

ސެކްޝަން/ޑިވިޜަން:

އޮޕަރޭޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާގެ ބާވަތް:

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މައި އޮފީސް

މަޤާމުގެ ޝަރުތުތައް:

ގްރޭޑް 07 ނިންމާފާވުން އަދި 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ކާރު ލައިސަންސް އޮތުމާއިއެކު މަގާމުގައި އަދާ ކުރަންޖެހޭ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކައް އިސްކަން ދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މަސައްކަތު ކޮންމެ ދުވަހަކު ބީސީސީ ގެ އޮފީސް ކުނިކަހައި ފޮޅައި ސާފުރުމާއި ފެންފޮތިލުމާއި ޑަސްބިންތައް ހުސްކުރުން

ބީސީސީއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އާއި އެހެނިހެން ތަކެތި ފަރުވާތެރިކަމާއެކު ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން

އޮފީހުގެ މެއިންޓެނަންސާއި މަރާމާތާގުޅޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން

އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

އޮތެންޓިކް މޯލްޑިވްސް ފިހާރަތަކަށް ގެންދަންޖެހޭ ސްޓޮކް މުދާ އުފުއްލުން

ބީ.ސީ.ސީގެ ވެހިކަލުން އޮފީސް ބޭނުމަށް ކުރަންޖެހޭ ދަތުރުތަށް ކުރުން

އޮފީހުގައި ކުރެވޭ އެހެނިހެން މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރުން

މުސާރަ:

8،000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓަޑް އަދި އެކްރެޑިޓް ކުރެވިފައި)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ޕޮލިސް ސެޓްފިކެޓް
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

06 ޖުލައި 2023 ވަނަ ދުވަހުގެ 15:00 އަށް

މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ޖުލައި 2023 ގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3305555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

22 ޖޫން 2023
ހޯދާ