ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ފިނޭ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާގުޅޭ

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2,500 (ދެ ހާސް ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރި ނަންބަރު (IUL)259/2023/47 (10 މެއި 2023) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

"ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023 އަށް ފުރަތަމަ އިސްލާހު" ގެނައުމަށް މި ކައުންސިލްގެ 4 ވަނަ ދައުރުގެ 9 ވަނަ ކުއްލި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން 21 ޖޫން 2023 ގައި ނިންމާފައިވާތީ އާއި، ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2,500 (ދެ ހާސް ފަސް ސަތޭކަ) އަކަފޫޓްގެ 50 (ފަންސާސް) ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ގޯތި ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

މި އިދާރާގެ ނަންބަރު (IUL)259/2023/47 (10 މެއި 2023) އިޢުލާނާ ގުޅިގެން ފޯމު ހުށައަޅާފައިވާ ފަރާތްތަކަށްވެސް މި އިޢުލާނާ ގުޅިގެން ފޯމު ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ކުރިން ފޯމު ހުށައަޅާފައިވާ ފަރާތްތަކުން މި އިޢުލާނާ ގުޅިގެން ފޯމު ހުށައަޅައިފިނަމަ، ފަހުން ހުށައެޅި ފޯމު ބަލައިގަނެ، ކުރިން ހުށައަޅާފާއިވާ ފޯމު، ފޯމު ހުށައަޅާ ފަރާތުގެ ހާޟިރުގައި ނައްތާލެވޭނެއެވެ. އަދި ކުރިން ފޯމު ހުށައަޅާފައިވާ ފަރާތަކުން މި އިޢުލާނާ ގުޅިގެން ފޯމު ހުށަނޭޅިކަމުގައިވީނަމަވެސް، ކުރިން ހުށައަޅާފައިވާ ފޯމަކީ ގޯއްޗަށް އެދި ހުށައަޅާފައިވާ ފޯމެއްކަމުގައި ބެލެވޭނެއެވެ.

ވީމާ، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023 (އިސްލާހުތަކާއެކު)" ގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން "ހދ. ފިނޭއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް"  ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ފޯމާއި، އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު، 23 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުން އެދެމެވެ.

"ހދ. ފިނޭއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް"  ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ. ހުށަހަޅާ ފޯމް ތައް ހުށަހަޅަން ޖެހޭނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ފޯމުގެ އަސްލާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔުންތައް ފޯމާއި އެކު އެއްހީރާސްކޮށެވެ. ފޯމް ބަލައިގަތުމަށްފަހު ފޯމް ބަލައިގަތްކަމުގެ ލިޔުން ކައުންސިލުން ދޫކުރުމަށްފަހު، އިތުރު އެއްވެސް ލިޔުމެއް ނުވަތަ ލިޔުމެއްގެ ކޮޕީއެއް ފޯމާއި އެކު އެއްހީރާސްކުރުމަށް ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ. އަދި، ގޯއްޗަށް އެދި ހުށައަޅާ ފޯމް ހުށައަޅަން ހާޒިރުވާނީ ގޯއްޗަށް އެދިހުށައަޅާ ފަރާތް ނުވަތަ އެފަރާތުން ލިޔުމުން ބާރުދީފައިވާ ފަރާތެއްކަމުގައިވެސް ދެންނެވީމެވެ.

 

އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މި އިޢުލާނާއެކު ތިރީގައިމިވާ ލިޔުންތައް އެއްކަރުދާސްކުރެވިފައި ވާނެއެވެ.

  1. ހދ. ފިނޭއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް (އިސްލާހުކުރެވިފައިވާ)
  2. ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023 އަށް ގެނެވޭ ފުރަތަމަ އިސްލާހު
  3. ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023 (އިސްލާހުތަކާއެކު)
  4. ތަރިކައިން/ހިބައިން ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  5. ލިބިފައިވާ/ލިބެން އޮތް ބިން އެހެން ފަރާތަކަށް/ކައުންސިލަށް ދޫކޮށްލުމަށް ވެވޭ އިޤްރާރު

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

22 ޖޫން 2023
ހޯދާ