މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ފަހަރު ދުއްވާ ބިދޭސީން ލައިސަންސް އަށް އެދި ހުށަހެޅުން

ތަފާތު މަސައްކަތް ތަކުގައި މިރަށުގައި ޙަރަކާތްތެރިވާ  ބިދޭސީންގެ ތެރެއިން،  އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ނެތް ފަރާތްތަކުންނާއި ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ލައިސަންސަށް އެދި ވީހާވެސް އަވަހަކަށް މިކައުންސިލަށް ހުށަހެޅުމަށް ދެންނެވީމެވެ.

ވީމާ، މިރަށުގައި މިފަދަ ބިދޭސީން ގެންގުޅުއްވާ އެންމެހައި ފަރާތްތަކުން،  މިކަމަށް ޚާއްޞަ ސަމާލު ކަމެއްދެއްވާ  އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވާ ބިދޭސީންނަށް، ލައިސަންސް ނެގޭނެ އިންތިޒާމު ފަހިކޮށްދެއްވާ، ލައިސަންސް ހައްދަވައި ދެއްވުމަށް ދެންނެވީމެވެ. މިކަމަކީ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަނުންވެސް ވަރަށް ބޮޑަށް އެދިލައްވާ ކަމެއްކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

04  ޛުލްޙިއްޖާ   1444

22   ޖޫން     2023

22 ޖޫން 2023
ހޯދާ