މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ
ދިވެހިރާއްޖެ
GS97/IUL/2023/014 އިޢުލާނާއި ބީލަން ޝީޓް އިޞްލާޙު ކުރުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. 2023 ޖޫން 25، 26، އަދި 27 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށްވާތީވެ މި ސްކޫލުގެ ނަމްބަރ GS97/IUL/2023/014 އިޢުލާނާއި ގުޅިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށް ދީފައިވާ ތާރީޚާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނަ ތާރީޚާއި ބީލަން ހުށައެޅުމާއި ހުޅުވުން އޮންނަ ތާރީޚު ތިރީގައިވާ ގޮތަށް ބަދަލުކޮށްފީމެވެ. މިބަދަލާއި ގުޅިގެން ބީލަންފޮތް އިޞްލާޙުކޮށް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.
  2. މި މަސައްކަތަށް ރަޖިސްޓްރީ ކުރުމަށް 19 ޖޫން 2023 ން 03 ޖުލައި 2023 ގެ 13:30 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކުhttps://forms.gle/piAqtn57icHrtX3v6
  3. މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 02 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި މަކުނުދޫ ސްކޫލުގެ މީޓިންގ ރޫމުގައެވެ. މި މަޢުލޫމާތު ސެޝަނުގައި ބައިވެރިވުމަކީ އިޚްތިޔާރީ ކަމެކެވެ. ނަމަވެސް މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  4. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  2023 ޖުލައި 04 ވާ އަންގާރަ ދުވަހުގެ 13:00 ގައި މަކުނުދޫ ސްކޫލް މީޓިންގ ރޫމުގައެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ސިޓީއާއި އަންނަ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަކުނުދޫ ސްކޫލް، ހދ މަކުނުދޫ، ދިވެހިރާއްޖެ، ފޯން6520529 ،     އީ-މެއިލް: [email protected]

04 ޛުލްްޤައިދާ 1444

22 ޖޫން   2023

22 ޖޫން 2023
ހޯދާ