ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. އަތޮޅުކައުންސިލްގެ އާ ވެބްސައިޓް ހެދުމާއިބެހޭ

 ނަންބަރ: (IUL)241-B/241/2023/8

ޢިޢުލާން

ވެބްސައިޓް ހެދުމާއިބެހޭ

                       

             މިއިދާރާގައި ބޭނުންކުރަމުންދާ ވެބްސައިޓް ރީޑިޒައިންކޮށް ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ވެބްސައިޓް ހެދުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.

 

ތަފްޞީލް

ތާރީޚް

ގަޑި

1

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް

05 ޖުލައި 2023

14.00

2

ޕްރީބިޑް މީޓިންގ

09 ޖުލައި 2023

13.00

3

އަންދާސީ ހިސާބް ހުށަހެޅުން

12 ޖުލައި 2023

13.00

 

             މިމަސައްކަތަށް ދެވޭ މައުލޫމާތު ފޯރުކޮށް ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް މިދަންނަވާ މައުލޫމާތާއި އެކު މިކައުންސިލްގެ [email protected]   މި މެއިލް އެޑަށް ފޮނުއްވުން އެދެމެވެ.

             1-  ބިޑް ހުށަހަޅާ ފަރާތުގެ ނަން ( ކުންފުނި އަމިއްލަ ފަރުދުންގެ  ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ )

             2-  ބިޑް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި ، އީމެއިލް އެޑްރެސް

             3-  ބިޑް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ

 

          މި  މަސައްކަތަށް އަންދާސީ ހިސާބް ހުށަހެޅުއްވޭނީ ކުންފުނިތަކާއި ، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

 

 

 

  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް      60%
  • ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް    30%   ( ތަޖުރިބާ ލިބިފައިވާ ކަމަށް ބަލައިގަންނާނީ ވެބްސައިޓް ހެދުމުގެ މަސައްކަތް ކޮށްފައިވާކަން އަންގައިދޭ  ލިއުމަށް ބަލާފައެވެ. މިގޮތުން ގިނަވަގެން މިފަދަ މަސައްކަތްތަކެއް ކުރިކަމުގެ 3 ލިއުން ހުށަހެޅިދާނެއެވެ. )                       
  • ހުށަހަޅާ މުއްދަތަށް                 10%

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

                                  03 ޛްލްޙިއްޖާ    1444ހ.

                                  21 ޖޫން       2023  މ.

21 ޖޫން 2023
ހޯދާ