ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭ ސުކޫލް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތަޢުލީމް ތަރައްޤީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް 25 އަހަރަށް ކުއްޔަށް ދިނުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

މިއިދާރާގެ ނަންބަރ (IUL)266-PR/266/2023/135 (‏31 މެއި 2023) އިޢުލާނުގައިވާ ޕްލޭ ސުކޫލް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތަޢުލީމް ތަރައްޤީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް 25 އަހަރަށް ކުއްޔަށް ދިނުމަށް ކުރެވުނު އިޢުލާނަށް ބީލަން ތައްޔާރުކުރުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ބީލަން ހުށަހަޅަންޖެހޭ ތާރީޚްވަނީ ފަސްކުރެވިފައެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.office.com/r/aenYw9sHsj

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި:

އީމެއިލް: [email protected]

‏09‏ ޖުލައި‏ 2023‏ (އާދީއްތަ‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏10‏ ޖުލައި‏ 2023‏ (ހޯމަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

‏11‏ ޖުލައި‏ 2023‏ (އަންގާރަ‏)

10:30

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމުގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527182 ނުވަތަ 6527192 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން ‏31‏ މެއި‏ 2023‏ (ބުދަ‏) އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

21 ޖޫން 2023
ހޯދާ