މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް ހެދުމާއި ގުޅޭ

ރާއްޖެއިންބޭރަށް ދަތުރުކުރާ އާގު ބޯޓުފަހަރުގައި ސީމޭނުންގެ ގޮތުގައި ވަޒީފާ އަދާކުރާއިރު ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް (ސިޑް) އޮތުން މެރިޓައިމް ލޭބަރ ކޮންވެންޝަންގެ ނަންބަރު 185 އިން ލާޒިމްކޮށްފައިވެއެވެ. އެހެން ކަމުން ދިވެހި ސީމޭނުންގެ ތެރެއިން ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް ހައްދަވަން ބޭނުންފުޅުވާ ފަރާތްތަކުން، މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ ފޯމު ފުރިހަމަ ކުރައްވާ، އެ ފޯމާއެކު ހުށަހެޅުއްވުމަށް ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި މިމިނިސްޓްރީގެ މެރިޓައިމް އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުމަށް ދަންނަވާ އެކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.  

20 ޖޫން 2023
ހޯދާ