ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024-2023 ވަނަ އަހަރަށް ޕްރީސްކޫލަށް ކުދިން ވެއްދުމާ ގުޅޭ

2024-2023 ވަނަ އަހަރަށް ޕްރީސްކޫލަށް ކުދިން ވެއްދުމާ ގުޅޭ!

2024-2023 ވަނަ އަހަރު ނައިވާދޫ ޕްރީސްކޫލްގެ ބޭބީ ނާރސަރީ އަދި ނާސަރީ ކުލާހަށް ކުދިންވެއްދުމަށް އެދޭ ފަރާތްތަކަށް، މިއަދުން ފެށިގެން 2023 ޖުލައި 4 ވާ އަންގާރަ ދުވަހާ ހަމައަށް ފުރުޞަޠު ހުޅުވާލައިފީމެވެ. ޕްރީސްކޫލުން ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ 2023 އޮގަސްޓް 01 ވަނަ ދުވަހާ ހަމައަށް ތިރީގައިވާ ތާވާލުގައިވާ ގޮތަށް ޢުމުރު ހަމަވާ ކުދިންނަށެވެ.

ގްރޭޑް

2024-2023 ވަނަ އަހަރު ގްރޭޑަށް ވަދެވޭ ޢުމުރުފުރާ

ބޭބީ ނާސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

            ޕްރީސްކޫލަށް ވެއްދުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމުގެ ޚިދުމަތް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 13:30 ށް މިއިދާރާގެ ކައުންޓަރުން ލިބޭނެއެވެ.

ވީމާ، 2023-2024 ވަނަ އަހަރަށް ނައިވާދޫ ޕްރީސްކޫލުގެ ގްރޭޑްތަކަށް ކުދިން ވައްދަން އެދޭފަރާތްތަކުން 2023 ޖުލައި 4 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 02 ޛުލްޙިއްޖާ 1444

20   ޖޫން  2023    

20 ޖޫން 2023
ހޯދާ