ދިވެހިރާއްޖެ
އެސްޓީއޯ "ކަޅިހި" ދޯނި ނީލަމުގައި ވިއްކާލުން
މިކުންފުނީގެ ނަންބަރު:140/2023/ADM-60 އިއުލާނާ ގުޅިގެން ކުރިއަށް ގެންދެވުނު ސިޓީލާ ނީލަން ބާތިލުކޮށް، ތިރީގައިވާ ތާވަލްގައި ތަފުސީލު ދެވިފައިވާ ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
- ދޯނީގެ ތަފްޞީލް
ދޯނީގެ ނަން |
ކަޅިހި |
ދިގުމިން: |
30.48 މީޓަރު ( 100 ފޫޓު) |
ފުޅާމިން |
10.06 މީޓަރު (33 ފޫޓ) |
ފުންމިން: |
3.60 މީޓަރު ( 11 ފޫޓު) |
ގްރޮސްޓަނޭޖް: |
51.320 |
ރަޖިސްޓްރީ ނަންބަރު: |
C3690B-03-10-T |
މައުލޫމާތު ސާފުކުރެއްވުމަށާއި ދޯނި ބަލައި ޗެކުކުރަމަށް: |
ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ދޯނި ބަލައިޗެކުކުރަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ދޯނި ބަލައިޗެކުކުރުން ކުރިޔަށްދާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ. - ދޯނި ބަލާ ފާސްކުރުމަށް ގުޅުއްވާނީ: 7775274 ފޯނަށް (މުޙައްމަދު އަބްދުﷲ - އެސިސްޓެންޓް ސްޕްރިންޓެންޑެންޓް)
ދޯނި ދެއްކުމަށް ހަމަޖެހިފައިވާ ގަޑި އަދި ދުވަސް - ތާރީޚު ( 21 ޖޫން 2023 ) - ގަޑި ( ހެނދުނު 09:00 ން 10:00 ) ދޯނި ބެލުމަށް ބޭނުން ފުޅުވާ ފަރާތްތަކުން 21 ޖޫން 2023 ވަނަ ދުވަހުގެ 10:00 ގެ ކުރިން މާލެ 1 ނަންބަރު ޖެޓީއަށް ވަޑައިގެން ދެންވުން އެދެމެވެ. 1 ނަންބަރު ޖެޓީގައި އެސްޓީއޯގެ ލޯންޗް ބޭއްވިފައި ވާނެކަމުގައި ދަންނަވަމެވެ. 1 ނަންބަރު ޖެޓީއިން ލޯންޗް ނައްޓާލުމަށް ހަމަޖެހިފައިވާ ގަޑިއަކީ 21 ޖޫން 2023 ވަނަ ދުވަހުގެ 10:15 ގައެވެ. |
ނީލަމުގެ ޝަރުތުތައް:
- ނީލަން ފެށޭ އަގު: 2،000،000ރ ( ދެ މިލިއަން ރުފިޔާ).
- ނީލަން ފެށޭއަގުގެ މައްޗަށް، ދޯނި ގަންނަން ހުށަހަޅާ ކޮންމެ އަގެއް، މަދުވެގެން 50000ރ ( ފަންސާސް ހާސް ރުފިޔާ) އަށްވުރެ އިތުރު ވާންޖެހޭނެއެވެ.
- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޖޫން 21 ވަނަ ދުވަހުގެ 16:00 ގެ ކުރިން ނަންނޯޓުކޮށް، 5000ރ ގެ ޑިޕޮސިޓް ފީއެއް ބަހައްޓަން ވާނެއެވެ. މިގޮތުން، ނީލަމުގައި ރަޖިސްޓްރީވުމަށް އީމެއިލް ކުރާއިރު، ޑިޕޮސިޓް ފައިސާ ޖަމާކުރިކަމުގެ ރަސީދާއި، ނީލަމުގައި ބައިވެރިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ނީލަމުގައި ބައިވެރިވަނީ ޤާނޫނީ ޝަހުސަކުން ކަމުގައިވާނަމަ، ރަޖިސްޓްރޭޝަން ސެޓިފިކެޓުގެ ކޮޕީ އަދި އެފަރާތް ތަމްސީލުކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކުރެވޭނެއެވެ. ނަމަވެސް، ޑިޕޮސިޓް ފައިސާ ދެއްކުމަށްފަހު ހާޒިރުނުވާ ނުވަތަ ބައިވެރި ނުވާ ފަރާތްތަކުން ދައްކާފައިވާ ޑިޕޮސިޓް ފައިސާ އަނބުރާ ނުލިބޭނެއެވެ.
- ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރުމަށް އިމެއިލްކުރާނީ [email protected] އަށެވެ. ގަޑި ޖެހުމަށްފަހު ލިބޭ އީމެއިލްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ނީލަމުގައި ބައިވެރިވެ އަގު ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓްރީކޮށް، ޑިޕޮސިޓް ފައިސާ ބަހައްޓާފައިވާ ފަރާތްތަކަށެވެ.
- ނީލަން ފެށެނީ 2023 ޖޫން 22 ވަނަ ދުވަހުގެ 14:00 ގައި މިކުންފުނީގެ ހެޑުއޮފީހުގައި، ރަޖިސްޓަރީކޮށް، ހާޟިރުވި ފަރާތްތަކުގެ މެދުގައެވެ.
- ނީލަން ކާމިޔާބުކުރި ފަރާތެއް ކަނޑައަޅާނީ، ނީލަން ކިޔަމުންދާއިރު އެންމެ ފަހުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 3 (ތިނެއް) ފަހަރު ތަކުރާރު ވުމުންނެވެ. މިގޮތުން، ނީލަން ކިޔަމުންދާއިރު އެންމެ ފަހުން ހުށަހަޅާފައިވާ އަގު 3 (ތިނެއް) ފަހަރު އިއުލާނުކުރެވޭނެއެވެ. އަދި މިގޮތަށް 3 (ތިނެއް) ފަހަރު އިއުލާނު ކުރާއިރު އިތުރު އަގެއް ހުށަހަޅާފައި ނުވާނަމަ، އެވަގުތަށް ހުށަހަޅާފައިވާ އެންމެ މަތީ އަގަށް ނީލަން ނިންމާލެވޭނެއެވެ.
- ނީލަން ކާމިޔާބު ކުރާ ފަރާތް ވަގުތުން އިއުލާން ކުރެވޭނެއެވެ. އަދި ނީލަން ކާމިޔާބުކުރިކަމުގެ އެވޯޑު ނޮޓިފިކޭޝަނަކާއި ފައިސާ ދައްކަން އިންވޮއިސް ޙަވާލުކުރެވޭނެވެ. އިންވޮއިސް ޙަވާލުކުރާތާ ނުވަތަ ފޮނުވާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އަގު އަދާކުރަންވާނެއެވެ. އަދި ފައިސާ މިކުންފުނީގެ ބޭންކް އެކައުންޓަށް ރިއަލައިޒްވާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ދޯނި ޙަވާލުކުރެވޭނެއެވެ.
- ނީލަން ކާމިޔާބުކުރާ ފަރާތަށް ފައިސާ ދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާނަމަ، ނީލަން އެވޯޑު ނޮޓިފިކޭޝަން ބާޠިލްކުރުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ފައިސާ ދައްކައި ޚަލާސްކުރުމަށްފަހު، ދޯންޏާ ޙަވާލުވުމަށް މިކުންފުނިން އަންގާތާ 5 (ފަހެއް) ދުވަހުގެ (ބަންދު ދުވަސްތައް ހިމެނޭގޮތަށް) ތެރޭގައި ދޯންޏާ ޙަވާލުނުވެއްޖެނަމަ، އެވޯޑު ނޮޓިފިކޭޝަން ކެންސަލްކުރުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި މިފަދައިން އެވޯޑު ނޮޓިފިކޭޝަން ކެންސަލް ކޮށްފިނަމަ، ނީލަމުގެ އަގުގެ ގޮތުގައި ދައްކާފައިވާ ފައިސާގެ 10% އާއި ނީލަމުގައި ބައިވެރިވުމަށް ދައްކާފައިވާ ޑިޕޮސިޓް ފައިސާ އަނބުރާ ނުލިބޭނެ ކަމުގައި ދަންނަވަމެވެ. އަދި މިފަދައިން ޢަމަލުކުރާ ފަރާތްތަކުން މިކުންފުނިން މުސްތަގުބަލުގައި ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ކަމުގައިވެސް ދަންނަވަމެވެ.