މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
މި ސްކޫލުގެ ދަރިވަރުން އަތް ދޮވުމަށްޓަކައި، ރާނާ، ސިމެންތި ޖަހާފައިވާ 6 ތަނުގައި ތަށިމުށި ޖަހާ ޒިންކު ބަހައްޓާ ފެންގުޅުމުގެ މަސައްކަތް.

ބީލަން ހުށަހެޅުމުގެ ދަޢުވަތު (1)

                                                                                                 

މި ސްކޫލްގެ ދަރިވަރުން އަތް ދޮވުމަށްޓަކައި، ރާނާ، ސިމެންތި ޖަހާފައިވާ 6 ތަނުގައި ތަށިމުށި ޖަހާ ޒިންކު ބަހައްޓާ ފެންގުޅުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖޫން 20 ން 2023 ޖޫން 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މާކުރަތު ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. 
  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖުލައި 03 ވާ ހޯމަ  ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.
  1. ބިޑް ހުޅުވުން އޮންނާނީ 2023 ޖުލައި 11 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.
  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)
  1. ނަންނޯޓް ކުރުމާގުޅޭ ގޮތުންނާއި އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާކުރަތު ސްކޫލް

ރ. މާކުރަތު، ދިވެހިރާއްޖެ.

ފޯން:  6580333

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

20 ޖޫން 2023
ހޯދާ