މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދެމުމާއި ، ފައިގަތަޅާ މުބާރާތާއި ގުޅޭ

           އަޟްޙާ އީދާ ދިމާކޮށް ގޮއިދޫ ކައުންސިލްއިން އިންތިޒާމްކޮށްގެން  ވާދެމުމުގެ މުބާރާތެއް އަދި ފައިގަތަޅާ މުބާރާތެއް އަންހެން، ފިރިހެން ދެޖިންސަށް ހުޅުވައިލައިގެން  ބިދޭސީންވެސް ހިމެނޭގޮތަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިދެމުބާރާތައް ޓީމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 28 ޖޫން ވާ ބުދަ ދުވަހުގެ 18:00ގެ ކުރިން ޓީމްލިސްޓްހުށަހެޅުއްވުން އެދެމެވެ. ޓީމްލިސްޓް ހުށަހެޅުއްވުމަށް 9930589 ގުޅުއްވުން އެދެމެވެ.  އަދި 2 މުބާރާތުގެވެސް 1 ވަނަ ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެއެވެ.

ވާދެމުން ޓީމެއްގައި ހިމެނޭނީ 10 ކުޅުންތެރިންނެވެ. އަދި ފައިގަތަޅާ ޓީމެއްގައި ހިމެނޭނީ 10 ކުޅުންތެރިންނެވެ.

                    މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 ޖޫން 2023
ހޯދާ