ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް ލެބޯރެޓަރީ ޓެކްނޮލޮޖިސްޓެއް ހޯދުމަށް

އިޢުލާނު

 

މިހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ބިދޭސީ މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ ބަދަލުގައި ދިވެހިން ހޯދުމަށް ބޭނުންވެއެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ޤާބިލް މީހުންނެވެ.

މަޤާމު:

މެޑިކަލް ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

މަޤާމުގެ ނަންބަރު:

J-379505

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކު:

7

ސްކިލް ލެވެލް:

4

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ.އަތޮޅު ހޮސްޕިޓަލް / ފ.ނިލަންދޫ

މަޤާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން މެޑިކަލް ލެބޯރެޓަރީ ދާއިރާއިން ރަޖިސްޓްރޭޝަން ލިބިފައި އޮތުން

ތަޢުލީމީ ފެންވަރު:

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާތައް:

މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖީ، މެޑިކަލް ލެބޯރެޓަރީ ސައިންސް، ކްލިނިކަލް ލެބޯރެޓަރީ ސައިންސް، މެޑިކަލް ޓެކްނޯލޮޖީ، މެޑިކަލް ސައިންސް، ބަޔޯމެޑިކަލް ސައިންސް، ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ، ޑައިގްނޯސްޓިކް މައި ކްރޯ ބަޔޮލޮޖ.

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

މެޑިކަލް ލެބޯޓްރީއެއްގައި ތަހުލީލު ކުރުމުގެ މަސައްކަތް

މަޤާމުގެ އަސާސީ މުސާރަ:

-/13141 ރުފިޔާ (މަހަކު)

މަޤާމުގެ އެލަވަންސް:

-/6132 ރުފިޔާ (މަހަކު)

ޙާޟިރީ ޢިނާޔަތް:

-/166 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޯ ޕީ ޑީ އާއި އައި ޕީ ޑީ އަށް އަންނަ ބަލިމީހުންގެ ސާމްޕަލްތަކާއި، އެހެން މުއައްސަސާތައް މެދުވެރިވެގެން އަންނަ ސާމްޕަލްތައް އައިޑެންޓިފިކޭޝަންތައް ޗެކްކުރުމަށްފަހު ބަލައިގަތުން.
  2. ކުރަންޖެހޭ ތަޚްލީލް ތަކުގައި ލަފާހޯދަންޖެހޭ ފަރާތްތަކާއި ގުޅައިގެން ލަފާހޯދާ، ބަލިމީހާއަށް އެންމެ ފުރިހަމައަށް ޚިދުމަތެއް ފޯރުކޮށްދީ ބަލިމީހާއަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށް ދިނުން.
  3. ޑިއުޓީ ތަކުގައި ކުރަންޖެހޭ ޓެސްޓްތައް ސްޓޭންޑަރޑް ޕްރޮސިޖާރ އާއި އެއްގޮތަށް ޕްރޮސެސް ކުރުމާއި، ޓެސްޓްތައް ފުރިހަމަ ކުރުމާއިއެކު، ރިޕޯރޓްތައް ގަޑިއަށް ތައްޔާރު ކުރުން.
  4.  ރެޖިސްޓްރީ ތަކުގައި ލިޔަންޖެހޭ ނަތީޖާތައް ރަނގަޅަށްލިޔެ ޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުމާއި، ޓެސްޓް ނަތީޖާއާއި، ބެހޭ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުން.
  5. ޚާއްޞަ ލެބޯޓްރީ ޓެސްޓްތައް ކުރުމާއި، ކުރެވޭ ޓެސްޓްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން.
  6. ލެބޯޓްރީގައި ކުރެވޭ ޓެސްޓް ތަކުގެ ކޮލިޓީ ކޮންޓްރޯލް ޗެކްކުރުމާއި، ރެކޯޑްތައް ބެލެހެއްޓުމާއިއެކު ޖޫނިއަރ މުވައްޒަފުންނަށް ކަމުގެ ހުނަރު ދަސްކޮށް ދިނުން.
  7. މަޤާމުގެ ގޮތުންދަށް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސްޕަވައިޒް ކުރުން.
  8. ލެބޯޓްރީގައި ކުރާ ޓެސްޓްތައް ކުރުމަށް ބޭނުން ކުރެވޭ ކޮންސިއުމަބްލްސް، ރިއޭޖެންޓްސް އާއި ކެމިކަލްސްގެ ސްޓޮކް ބެލެހެއްޓުމާއިއެކު އެއްވެސް އެއްޗެއް ހުސްވުމުގެ ކުރިންނާއި، އެކްސްޕަޔާ ވުމުގެ ކުރިން ދުވަސް އޮއްވާ އިސްފަރާތަށް އެންގުން (ނޯޓް: އެކަނި މަސައްކަތްކުރާ ނަމަ ދުވަސްއޮއްވާ ސެންޓްރަލް މެޑިކަލް ސަޕްލައިސްއަށް އޯޑަރުކޮށް ތަކެތި ހޯދުން)
  9. ލެބޯޓްރީގެ މަސައްކަތްކުރާ މާޙައުލު އެކުވެރިކޮށް ބޭއްވުމާއިއެކު ލެބޯޓްރީ ސާފުތާހިރުކޮށް ބޭއްވުމަށް މުވައްޒަފުންނަށް އަންގާ ބެލެހެއްޓުން.
  10. ލެބޯޓްރީގައި ބެހެއްޓިފައިވާ މެޝިންތަކާއި އިކްވިޕްމަންޓްތައް ޑެއިލީ މެއިންޓަނަންސް ހެއްދުމާއި، ހަފްތާއަކު އެއްފަހަރު ހަދަންޖެހޭ މެއިންޓަނަންސް ހެދިތޯ ބަލާ އޭގެ ރެކޯޑްތައް ބެލެހެއްޓުމާއި، މިއިން އެއްޗަކަށް ގެއްލުމެއް ވެފައިވާނަމަ އިސްފަރާތަކަށް އެންގުމާއިއެކު މިނިސްޓްރީ އޮފް ހެލްތްގެ ބަޔޮމެޑިކަލް އަދި ލެބޯޓްރީ ސަރވިސަސް އަށް އެންގުން.
  11. ލެބޯޓްރީއާއިމެދު ބަލިމީހުން/ ބަލަދުވެރިޔާ ނުވަތަ އެހެނިހެން ފަރާތް ތަކުން ކުރާ ޝަކުވާ ބަލާ ޙައްލު ކުރެވޭނަމަ ޙައްލުކޮށް އެކަން އިސްފަރާތަކަށް އެންގުން.
  12. ލެބޯޓްރީ އެސިސްޓެންޓުންނާއި، ލެބޯޓްރީ ޓެކްނޮލޮޖިސްޓް ޓްރޭނިންނަށް ދާއިރާއާއި ގުޅޭ ތަމްރީނާއި ހުނަރު ދަސްކޮށްދީ ސްޕަވައިޒްކޮށް ބެލެހެއްޓުން.
  13. މިނިސްޓްރީ އޮފް ހެލްތް / ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ފޮނުވާ ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަމްރީންތައް ރާވާ ހިންގުމާއި، ފޮނުވާ މުވައްޒަފުންނަށް ދާއިރާއާއި ގުޅޭ ތަމްރީނު ދިނުން.
  14. ޞިއްޙީ އެމަރޖެންސީ ތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. މުއްދަތު ހަމަނުވާ ލައިސަންސް އަދި ރަޖިސްޓްރޭޝަންގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީއަދި ޓްރާންސްކްރިޕްޓް ގެކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާތަންތަނުގެތަޖުރިބާއަންގައިދޭރެފަރެންސްޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖުލައި 04 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، ފ.އަތޮޅު ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 2023 ޖުލައި 11 ން 14 އާއި ދެމެދު، (ފ.އަތޮޅު ހޮސްޕިޓަލް) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6740086) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

20 ޖޫން 2023
ހޯދާ