މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ފުވައްމުލަކުގައި އަދި އައްޑޫ ސިޓީގައި ހުރި ފީ.ސީ.ބީ އެކުލެވޭ އާލާތްތައް އައްޑޫ ސިޓީ ހިތަދޫގައި ޤާޢިމްކުރާ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ އެޑެންޑަމް (އެޑެންޑަމް 1)

މި މިނިސްޓްރީން 12 ޖޫން 2023 ގައި ޝާއިއު ކުރި (IUL)438-ENV/438/2023/230 ނަންބަރު އިޢުލާނުގައި "އެލިމިނޭޓިންގް ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" ޕްރޮޖެކްޓުގެ ދަށުން ފުވައްމުލަކުގައި އަދި އައްޑޫ ސިޓީގައި ހުރި ފީ.ސީ.ބީ އެކުލެވޭ އާލާތްތައް އައްޑޫ ސިޓީ ހިތަދޫގައި ޤާޢިމްކުރާ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ ސުންގަޑި (25 ޖޫން 2023) އަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާތީ، މި ބީލަމުގެ ސުންގަޑި ވަނީ 2 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ބަދަލު ކުރެވިފައެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2023 ވާ އާދީއްތަ ދުވަހު 10:05 ގައެވެ.

20 ޖޫން 2023
ހޯދާ