މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން (އެމް. ޓީ. ސީ. ޕީ.) 2023

މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން (އެމް. ޓީ. ސީ. ޕީ.) 2023

މިއީ މި މިނިސްޓްރީން 11 ޖޫން 2023 ގައި ކުރެވުނު  IUL)475-Schol/475/2023/108) ނަންބަރު އިޢުލާން އިސްލާހުކުރުމަށްފަހު އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

 

"މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން (އެމް.ޓީ.ސީ.ޕީ) 2023" ގެ ދަށުން މެލޭޝިއާގައި ހިންގުމަށް ހަމަޖެހިފައިވާ މާސްޓާރސް ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން ވަނީ އަންގަވާފައެވެ. މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އަދި އިތުރު އެލަވަންސް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ.

       

ވީމާ، މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2023 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި އެންޑޯޒް ފޯމު އެންޑޯޒުކުރުމަށްޓަކައި 22 ޖޫން 2023 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ އީމެއިލް [email protected] އަށް އެންޑޯޒްމަންޓް ފޯމް އީމެއިލް ކުރެއްވުން އެދެމެވެ. އެންޑޯޒް ފޯރމް ލިބިވަޑައިގަންނަވާނީ ތިރީގައިވާ ލިންކުން އެޕްލިކޭޝަން އެއްކޮށް ފުރިހަމަ ކުރުމުންނެވެ.

                    

ކޯސްތަކާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

https://biasiswa.mohe.gov.my/INTER/index_guidelines.php 

 

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

 

19 ޖޫން 2023
ހޯދާ