އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
2024-2023 ވަނަ އަހަރަގެ ދިރާސީ އަހަރު މި ސްކޫލުގެ އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ، އަދި ގްރޭޑް 1 އަށް އަލަށް ދަރިވަރުން ވަނުމުގެ ފުރުޞަތު

  1. 2023-2024 ވަނަ އަހަރަގެ ދިރާސީ އަހަރު މި ސްކޫލުގެ އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ، އަދި ގްރޭޑް 1 އަށް އަލަށް ދަރިވަރުން ވަނުމުގެ ފުރުޞަތު ހުޅުވާލަމެވެ. ދަރިވަރުންނަށް އެ ގްރޭޑުތަކަށް ވަދެވޭނީ ތިރީގައިވާގޮތުމުގެ މަތިން އުމުރުފުރާ ހަމަވާނަމެވެ.

 

ގްރޭޑް

2023-2024 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

2023 ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިން

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިން.

ގްރޭޑް 1

2 އަހަރުގެ ޕްރީސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިން.

 

  1. ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ "ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމް" އާއި، ކުއްޖާގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލާއި ކޮޕީ، ބެލެނިވެރިޔާގެ އައިޑީ ކާޑުގެ އަސްލާއި ކޮޕީ، ވެކްސިން ކާޑުގެ އަސްލާއި ކޮޕީ  2023 ޖުލައި 13 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އީމެއިލުން ހުށަހަޅުއްވާނަމަ [email protected] އަށް ފޯމް ފޮނުއްވުން އެދެމެވެ. ސްކޫލަށް ވައްދަން އެދޭ ފޯރމް އީމެއިލުން ހުށައަޅުއްވާ ފަރާތްތަކަށް "ސްކޫލަށް ވެއްދިކަމުގެ ލިޔުން" ދޫކުރާނީ ލިޔުންތަކުގެ އަސްލު ސްކޫލަށް ހުށައެޅުއްވުމުންނެވެ. މިހާރު މި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގައި ކިޔަވަމުންދާ ދަރިވަރުން އެލް.ކޭ.ޖީ އަށް ނުވަތަ ގްރޭޑް 1 އަށް ބަދަލުވުމަށް ފޯރމް ހުށައަޅާކަށް ނުޖެހޭނެއެވެ.

 

  1. ދަރިވަރުން ސްކޫލަށް ވެއްދުމާގުޅޭގޮތުން ސުވާލެއްވާނަމަ ސްކޫލުގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ފޯނުން ގުޅުއްވާނަމަ 6500548 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

  1. ދަރިވަރުން ސްކޫލަށް ވެއްދުމަށް ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ. އަދި ތިރީގައިވާ ލިންކުތަކުން ފޯމު ޑައުންލޯޑުކުރެވެން ހުންނާނެއެވެ.

ގްރޭޑް 1 އަށް ވަންނަން އެދޭ ފޯމް

އެލް.ކޭ.ޖީ/ޔޫ.ކޭ.ޖީ އަށް ވަންނަން އެދޭ ފޯމް

https://tinyurl.com/bdzxc22w

https://tinyurl.com/fj28ts2t

19 ޖޫން 2023
ހޯދާ