މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އިންނަފުށްޓަށް އަރާފޭބުމާ ގުޅޭ

ބ. އިންނަފުށްޓަށް އަރާ ފޭބުމާގުޅޭ

 

ބ. އިންނަފުށި ހިމެނޭ ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ޚާޢްޞަ ސަރަޙައްދެއް ކަމުން،  2019 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް އެންވަރަމަންޓުން ހެދި އިކޮލޮޖިކަލް ސާވޭތަކުގެ މައްޗަށް ބިނާކޮށް، ފަޅުރަށްރަށުގެ ދަފްތަރުން، ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅާފައި އޮތްއޮތުން ބާޠިލްކޮށް، ތިމާވެށީގެ ގޮތުން ޙިމާޔަތްކުރުމަށް އެ ސަރަޙައްދު އެންވަޔަރަންމަންޓް މިނިސްޓްރީއާ ޙަވާލުކޮށްފައިވާކަމަށް އެމިނިސްޓްރީގެ ނަންބަރު: 438-ENV/323/2023/4 (08 މޭ 2023) ސިޓީން ވަނީ މި އިދާރާއަށް އަންގަވާފައެވެ.

އަދި ބ. އިންނަފުށި ބަލަހައްޓާނެ ފަރާތެއް ނެތުމުން، ރަށުގެ ވަލުތެރެއިން ރުއްގަސްކެނޑުމާއި، ރަށަށް ކުނިއެޅުމާއި، ތިމާވެއްޓަށް ގެއްލުން ލިބޭފަދަ އެތައްކަމެއް ކުރަމުންދަތީވެ މި ރަށް ބެލެހެއްޓުން ފުޅަދޫ ކައުންސިލާ ޙަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލަފާދެއްވާފައިވާ ކަމަށްވެސް އެ މިނިސްޓްރީގެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

އެހެންކަމުން، މިރަށް (ބ. އިންނަފުށި) ޙިމާޔަތްކޮށް ނިމެންދެން، ރަށް ބެލެހެއްޓުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ވަނީ، މި ކައުންސިލާ ޙަވާލުކޮށްފައެވެ. ވީމާ، ކައުންސިލްގެ ހުއްދަ ނެތި، އެއްވެސް ފަރާތަކުން ބ. އިންނަފުއްޓަށް ނޭރުމަށް ނަޞޭޙަތްތެރިވެ އިލްތިމާސްކުރަމެވެ. އަދި އެރަށަށް ދާން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ހުއްދަ ހޯއްދެވުމަށް ދަންނަވަމެވެ. އަދި ހުއްދަ ހޯއްދެވުމަށް ތިރީގައި މިދަންނަވާ ނަންބަރުތަކާ ގުޅުއްވުން އެދެމެވެ.  

-             މޯބައިލް: 7775808 އަދި 7217242

15 ޖޫން 2023
ހޯދާ