ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތެއް ފަރުމާކުރުން.

 

 

(IUL)258/258/2023/109ނަންބަރު:

                                        އިޢުލާން

 

ޢިމާރާތެއް ފަރުމާކުރުން:

                    މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް 3 ބުރީގެ ޢިމާރާތެއް ފަރުމާކޮށް BOQ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް ކުރި ނަންބަރު (IUL)258/258/2022/93/89 އިއުލާނާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައި ނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                       ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2023 ޖުލައި 04 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                      އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ  2023 ޖުލައި 16 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

 

                     އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

 

                   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޛުލްޤާއިދަ 1444

18 ޖޫން 2023

 

 

18 ޖޫން 2023
ހޯދާ