ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާޢަތްތެރިން ތަމްރީނުކުރުމާއި ގުޅޭ

އިޢުލާން

ޖަމާޢަތްތެރިން ތަމްރީނުކުރުމާއި ގުޅޭ:

            ޖަނާޒާ ތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް ޖަމާޢަތްތެރިން ތައްޔާރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ޖަނާޒާ ކޯހުގެ އައު ބެޗެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮންލައިން ތިއަރީ ސެޝަންތަކަކާއި ފޭސް ޓު ފޭސް ޕްރެކްޓިކަލް ޓެރޭނިންގ ސެޝަންތަކެއް ނަގައިދިނުމަށް ފަހު އިމްތިހާނެއްދޭގޮތަށެވެ.

              ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ޖޫން 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރަސްމީ ގަޑިތަކުގައި އިދާރާގެ 6820017 ނަންބަރަށް  ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.

                                               ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                               01 ޛުލްޙިއްޖާ 1444

                                               19 ޖޫން 2023 

19 ޖޫން 2023
ހޯދާ