މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން އަލަށް ރަޖިސްޓްރީވުމާއި ގުޅޭ

 

 

 

 

(IUL)303-AHR/303/2023/20  :ނަންބަރު

އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން އަލަށް ރަޖިސްޓްރީވުމާއި ގުޅޭ

                   މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަތޮޅުތެރެއިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު 12 ޖޫން 2023 ން 22 ޖޫން 2023 ގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.

                   ވީމާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ އުނގޫފާރުގެ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 19 ން 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް އުނގޫފާރު ކައުންސިލް އިދާރާއިންކަމުގައި ދަންނަވަމެވެ.

                   1444 ވަނަ އަހަރު ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ ، އެފަރާތްތަކުން ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 22 ޖޫން 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެޢާއިލާއަކުން އަލުން ފޯމް ހުށަހަޅަން ޖެހޭނެއެވެ. އަދި މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި، ދަފްތަރުގައި ރަޖިސްޓްރީކުރިފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައްވެސް އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.

                   މިކަމަށް އެދި ހުށަހަޅާފޯމް މިއިދާރާއިންނާއި ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ވެބްސައިޓު، www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ.

                  ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                  01 ޛުލްޙިއްޖާ 1444

                  19 ޖޫން 2023

19 ޖޫން 2023
ހޯދާ