މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފަޔަރ ފައިޓިންގ ސިސްޓަމާއި ފަޔަރ ސެކިއުރިޓީ އެލާމް ސިސްޓަމް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

ވެލާނާގޭގެ ފަޔަރ ފައިޓިންގ ސިސްޓަމާއި ފަޔަރ ސެކިއުރިޓީ އެލާމް ސިސްޓަމް، އެއް އަހަރު ދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

ވެލާނާގޭގެ ފަޔަރ ފައިޓިންގ ސިސްޓަމާއި ފަޔަރ ސެކިއުރިޓީ އެލާމް ސިސްޓަމް، އެއް އަހަރު ދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން 25 ޖަނަވަރީ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/18) އާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ފެބުރުވަރީ 2015 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ފެބުރުވަރީ 2015 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ބިޑްގައި ބައިވެރިވެވޭނީ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަންގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

12 ރަބީޢުލްއާޚިރު 1436

01 ފެބުރުވަރީ 2015
ހޯދާ