މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: GS3
|
މުސާރަ:
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1500 ރުފިޔާ
|
ރިސްކް އެލަވަންސް:
|
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/75 ރުފިޔާ
|
ސެކްޝަން:
|
އެޑްމިން އެންޑް އެޗް. އާރް
|
ތަޢުލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ފޮނަދޫ ޞިއްޙީ މަރުކަޒަށް އަންނަ ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމާއި، އެތަކެތި އެންޓަރކޮށްފައި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން.
- މަރުކަޒަށް އަންނަ ޢާންމު ފޯނުކޯލްތަކަށް ޖަވާބުދާރީވުމާއި، އެފަރާތްތަކުން ގުޅަން ބޭނުންވާ ފަރާތްތަކަށް ރައްދުކޮށް.
- އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި އެފަރާތްތަކަށް ފޮނުވައި، ފޮނުވޭ ލިޔުން ފަސޭހައިން ފެންނާނެ ގޮތަކަށް ފައިލްކޮށް ބެލެހެއްޓުން.
- މި މަރުކަޒަށް ބޭނުންވާ ސްޓޭޝަނަރީޒް، ކޮންސިއުމަބަލްސް، އެސެޓްސްފަދަ ތަކެތި ގަތުމާއި، އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އޮފީހަށް އަންނަ މެހްމާނުން ބަލައިގަނެ، ބައްދަލުކުރަން އަންނަ ފަރާތާ ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
- ހަވާލުކުރާ މަސައްކަތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
- މަރުކަޒުގައި ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- މަރުކަޒުގެ ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން އިތުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ލ. ފޮނަދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
- އެހެން ވަޒީފާއެއްގައި ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެއްކަމުގެ ލިޔުން.
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
|
ސުންގަޑި:
|
- 2015 ފެބުރުވަރީ 4 ވާ އަންގާރަ ދުވަހުގެ 3:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމާއެކު ހުށައަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ލ. ފޮނަދޫ ޞިއްޙީ މަރުކަޒުގެ އޮފީހަށް ހުށައެޅުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ލ. ފޮނަދޫ ޞިއްޙީ މަރުކަޒުގައެވެ. ޢިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ފޯނު ނަންބަރަކީ 6800789 އެވެ. ފެކްސް ނަންބަރަކީ 6800780 އެވެ.
|