މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ސިނާއީ މަސައްކަތްކުރާ ސަރަހައްދުގައި ހުރި ކުލީ ބިންތަކާއިގުޅޭ

                                                            (IUL)307/INDIV/2023/46:ނަންބަރު

މިރަށުގެ ލޭންޑް ޔޫސް ޕްލޭން (LUP) ގައި ހުސްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާއި، ސިނާއީ ސަރަހައްދުގައި ހުރި މުއްދަތު ހަމަވެފައިވާ ކުލީ ބިންތަކުގެ މައްސަލާގައި ކައުންސިލުގެ 4 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 4 ވަނަ ކުއްލި ބައްދަލުވުމުގައި ނިންމާފައިވާ ނިންމުން މުރާޖާކޮށް، ކައުންސިލްގެ 4 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 27 ވަނަ ޖަލްސާއިން ވަނީ، ރަށުގެ ލޭންޑް ޔޫސް ޕްލޭން (LUP) ގައި ހުސްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާއި، ސިނާއީ ސަރަހައްދުގައި ހުރި މުއްދަތު ހަމަވެފައިވާ އަދި މުއްދަތު އައުކުރުމާއިމެދު މިހާތަނަށް ގޮތެއް ނިންމިފައިނުވާ ބިންތައް، އެބިންތަކުގައި މިހާރު ކުރަންފަށާފައިވާ މަސައްކަތް ނިންމުމަށް މުއްދަތެއް ދިނުމަށް އެދުމަށް ހުޅުވާލުމަށާއި ކައުންސިލުން ނިންމުން އާންމުކުރާ ދުވަހުން ފެށިގެން ބަންދުނޫން 7 ދުވަހުގެ ތެރޭގައި އެފުރުސަތައް އެދުމަށާއި އަދި 4 ޖުލައި 2023 ގެ ނިޔަލަށް އެފަދަތަންތަނަށް ދައްކަންޖެހޭ އެންމެހާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސްކުރުމުން، ކައުންސިލްގެ ފަރާތުން އެސަސްމަންޓެއް ހެދުމަށްފަހު އެފަރާތްތަކަށް ކުރަންފަށާފައިވާ މަސައްކަތް ނިންމުމަށް މުއްދަތެއް ދިނުމަށް ހާޟިރުވީ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކުރެވިފައެވެ.

ވީމާ، މި ފުރުސަތު ބޭނުންވެލައްވާ ފަރާތްތަކުން މި ނިންމުމުގައި ވާގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

18 ޖޫން 2023
ހޯދާ