މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވެބްސައިޓް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިމިނިސްޓްރީން ވެބްސައިޓް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު IUL459-A/459/2015/1 ނަންބަރު އިޢުލާން ބާޠިލުކޮށް، މިކަމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ފެބުރުވަރީ 2015ވާ އާދީއްތަ ދުވަހުގެ 10:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

13 ރަބީޢުލްއާޚިރު 1436

01 ފެބުރުވަރީ 2015
ހޯދާ