ރ. އަލިފުށީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގުކޮމިޓީއަށް މެމްބަރުންހޯދުން

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށް، އަގު ކޮމިޓީއެއް ނެގުމަށްޓަކައި، އަގު ކޮމިޓީގެ މެމްބަރުކަމަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަގު ކޮމިޓީގެ އުޖޫރައަކީ އަގުކުރުމުގެ މަސައްކަތްކުރާ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) އެވެ. މި ކޮމިޓީގެ މުއްދަތަކީ 3 އަހަރު ދުވަހެވެ.

ވީމާ، އަގު ކޮމިޓީގެ މެމްބަރުކަމަށް އެދިލައްވާ ފަރާތްތަކުން 22 ޖޫން 2023 ދުވަހުގެ 13:30ގެ ކުރިން މިކޯޓަށް، ސީޓިއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއެކު އައި ޑީ ކާޑުގެ ކޮޕީ އެއް ހުށަހެޅުއްވުން އެދެމެވެ.

18 ޖޫން 2023
ހޯދާ