މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2024-2023 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކުރި ފަރާތްތައް އާންމުކުރުން

އިޢުލާން

2024-2023 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ

ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކުރި ފަރާތްތައް އާންމުކުރުން

1. 2023-2024 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް ރަޖިސްޓްރީކުރުމަށް މިމިނިސްޓްރީން ހުޅުވާލި ފުރުސަތުގައި އެކަމަށްއެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ލިސްޓް އިސްލާޙްކުރުމަށްފަހު މިއިޢުލާނާއެކު އާންމުކުރީމެވެ.

2. 2023-2024 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކަމަށް ހުރިހާ ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

3. 2023-2024 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރަންވާނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ތަކުންނެވެ. ރަޖިސްޓްރީކޮށްފައިނުވާ ފަރާތުން ތަކެތި ދޫކުރުމަށްފަހު ހުށަހަޅާ ބިލްތަކަށް މިމިނިސްޓްރީން ފައިސާ ނުދައްކާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން:  3341436

އީ-މެއިލް: [email protected]

18 ޖޫން 2023
ހޯދާ