މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް.2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ  

މަސައްކަތްކުރަންޖެހޭ ތަން

މާލެ/ 

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގަތުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ފަރުމަސްވެރިކަމުގެ ދިރާސާތަކުން އެއްކުރާ މަޢުލޫމާތު ކޮމްޕައިލްކޮށް އެނަލައިޒް ކުރުން.
  • ކޮރަލްރީފް ރިސާރޗް ޔުނިޓްގެ ފީލްޑް ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މަސައްކަތްތަކުގައި އެހީތެރިވެ، ޢަމަލީގޮތުން ބައިވެރުވުން.
  • ފަރުމަސްވެރިކަމާ ބެހޭ ރިސާރޗް ޔުނިޓުން ތައްޔާރުކުރާ ދިރާސާ ރިޕޯޓުތަކާއި ޓެކްނިކަލް ރިޕޯޓުތައް ތައްޔާރު ކުރުމުގައި ބައިވެރިވުން
  • ފަރުމަސްވެރިކަމާ ބެހޭ ރިސާރޗް ޔުނިޓުގެ އިދާރީ މަސައްކަތްތައް ކުރުމާއި ޔުނިޓުގެ މަސައްކަތްތަކާއި ގުޅުންހުރި، ވެބްސައިޓުގައި ޝާއިޢު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުން
  • ފަރުމަސްވެރިކަމުގެ ދިރާސާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަމްރީނާއި ސެމިނަރތައް ރާވައި ހިންގުމުގައި އެހީތެރިވުން
  • ފަރާއި ކަނޑުގެ މާހައުލާއި ގުޅޭ ދިރާސާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު މުޠާލިޢާކޮށް ޢާއްމުންނަށް ފޯރުކޮށް ދިނުމުގައި އެހީތެރިވެ ދިނުން.
  • ސެންޓަރުން ހިންގާ އެހެނިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މެރިން ބަޔޮލޮޖީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- ސިވިލްސާރވިސްގެ ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު:   އެސިސްޓެންޓް ޑިރެކްޓަރ                                                  ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/7035

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

އ. ޓެކްނިކަލް އޮފިސާރ ގްރޭޑް 1

ރޭންކް

އެމް.އެސް.3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ     

މަސައްކަތް ކުރަންޖެހޭ ތަން

މެރިން ރިސަރޗް ސެންޓަރ / މާލެ  

މަޤާމުގެ ޝަރުޠު

 

1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2- އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3- އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

4- އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މެރިން ރިސާރޗް ސެންޓަރުގެ އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  • މެރިން ރިސާރޗް ސެންޓަރާއި، އަދި މަނިޔަފުއްޓަށް ގަންނަންޖެހޭ މުދާ ގަތުމުގެ ކަންތައް ބެލެހެއްޓުން.
  • މެރިން ރިސާރޗް ސެންޓަރުގެ ހަރުމުދަލާއި ސްޓޮކް ބެލެހެއްޓުން.
  • މެރިން ރިސާރޗް ސެންޓަރުގެ ޔައުމިއްޔާ ލިޔުމުގެ ކަންތައް ކުރިޔަށް ދާގޮތް ބެލެހެއްޓުން.
  • މެރިން ރިސާރޗް ސެންޓަރު ހުންނަ އިމާރާތުގެ މެއިންޓަނަންސް  މަސައްކަތް ކުރުން.
  • މެރިން ރިސާރޗން ސެންޓަރުން ކުރަމުން ގެންދާ މަސައްކަތާއި ހިންގާ ޕްރޮޖެކްޓް ތަކުގެ ޕްރޮގްރެސް ރިޕޯރޓްތައް މިނިސްޓްރީގެ ކަމާއިބެހޭ ސެކްޝަނުން ބޭނުންވެ ލައްވާ ގޮތަށް ތައްޔާރުކޮށް ފޮނުވުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން.

- މެނޭޖްމެންޓް ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު

- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރި މިންވަރު

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު:   ސީނިއަރ ލީގަލް އޮފިސަރ                                               ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/12460

ސަރވިސް އެލަވަންސް:

މަހަކު -/3600 ރ.

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ރޭންކް

CS11-2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕޮލިސީ އެންޑް ކޯޑިނޭޝަން ސެކްޝަން/ ލީގަލް ސަރވިސަސް      

މަސައްކަތްކުރަންޖެހޭތަން

މާލެ، މިނިސްޓްރީ   

މަޤާމުގެ ޝަރުޠު

 

1- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ލީގަލް ޔުނިޓްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • މިނިސްޓްރީގެ ފަރާތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޤާނޫނާއި އޭގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އިޞްލާޙު ކުރުމުގެ މަސައްކަތް ކުރުން.
  • މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅުންހުރި ކަންތައްތަކުގައި ޤާނޫނީ ލަފާ ދިނުން.
  • މިނިސްޓްރީގައި ހަދައިފައިވާ އެކިއެކި އެއްބަސްވުންތަކަށް ޤާނޫނީ ލަފާ ދިނުން.
  • މިނިސްޓްރީއަށް ހުށަހެޅޭ ތަފާތު މައްސަލަތައް ބަލައި، ދިރާސާކޮށް ދައުލަތުން މިނިސްޓްރީގެ ފަރާތުން ދާ މައްސަލަ ތަކުގައި ކޯޓަށް ދިއުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މިންވަރު

- މި މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރި މިންވަރު

- ދައުލަތު މާލިއްޔަތު ގަވާއިދަށް އަހުލުވެރި މިންވަރު

މަޤާމު:   އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އ. ޓެކްނިކަލް އޮފިސަރ

ރޭންކް

ޖީ.އެސް. 3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް އެޖެންސީ/ މެނޭޖްމެންޓް ސެކްޝަން

މަސައްކަތްކުރަންޖެހޭތަން

މާލެ/ މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ސާނަވީ އިމްތިޙާނަކުން 2  މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ވެސަލް މޮނިޓަރިންގ ސިސްޓަމްގެ ދަށުން މަސްވެރި އުޅަނދުތަކުގައި ހަރުކުރާ ވެސަލް ލޮކޭޓިން ޑިވައިސް ހަރުކޮށްދިނުމުގައި މި މިނިސްޓްރީގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްދީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ މަޢުލޫމާތު ވެސަލް މޮނިޓަރިންގ ސަރވިސް ފޯރުކޮށްދޭ ފަރާތައް ހަމަޖެހިފައިވާ އުސޫލުން ފޯރުކޮށްދިނުން.
  • ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުކުރެވޭ އުޅަނދުފަހަރުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި އެމަޢުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ހިއްސާކުރަމުން ގެންދިއުން.
  • ވެސަލް މޮނިޓަރިންގ ސިސްޓަމް މެދުވެރިކޮށް އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓަރކޮށް އުޅަނދުފަހަރުން ހުށަހަޅާ ދުވަހުގެ މަޢުލޫމާތުތައް ވެސަލްމޮނިޓަރިން ސިސްޓަމް މެދުވެރިކޮށް ވެރިފައިކުރުން އަދި ގަވާއިދާއި ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ސްޕަވައިޒަރަށް ރިޕޯރޓް ކުރުން.
  • ވެސަލް މޮނިޓަރިންގ ސިސްޓަމްގައި އެއްވެސް މައްސަލައެއް އުޅޭނަމަ ނުވަތަ އެއްވެސް އުޅަނދެއްގެ ސިގްނަލް ނުފެންނަނަމަ ޚިދުމަތްދޭ ފަރާތާއި ގުޅައިގެން އެކަން ބެލުން އަދި މައްސަލަ ސްޕަވައިޒަރަށް ރިޕޯޓުކޮށް ސްޕަވައިޒަރުގެ ލަފާގެ މަތިން ފިޔަވަޅު އެޅުން.
  • އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއަށް ފޮނުވަންޖެހޭ، މަސައްކަތާއި ގުޅޭ ކޮމްޕްލަޔަންސް ޑޮކިއުމަންޓްތައް ތައްޔާރުކުރުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބި-ފައިވާ ތަޢުލީމާއި، ތަމްރީން

- މަސްވެރިކަމުގެ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތައް އެނގިފައިވާ މިންވަރު. 

މަޤާމު:  އެސިސްޓެންޓް ފިޝަރީޒް އެކްސްޓެންޝަން އޮފިސަރ (ދާއިމީ)                      ބޭނުންވާ ޢަދަދު  1

މުސާރަ

މަހަކު -/5020

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް.4

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް އެޖެންސީ/ މެނޭޖްމެންޓް ސެކްޝަން

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ/ މާލެ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަސް އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތްތަކަށް މަސް ވިއްކުމަށް މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުން.
  • އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަހާއި މަހުން ތަކެތި އުފައްދާ ތަންތަނުގެ ލައިސަންސް ދޫކުރުން.
  • މަސްވެރިކަމަށް އުޅަނދުފަހަރު ރަޖިސްޓްރީކުރުމާއި ބާޠިލުކުރުން އަދި ޤާނޫނީ ފޯމް ފުރާދިނުން .

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސްވެރިކަމުގެ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތައް އެނގިފައިވާ މިންވަރު. 

ޢިނާޔަތްތައް

ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

  1. ބޭސްފަރުވާ
  2. އިތުރުގަޑީގެ ފައިސާ
ހުށަހަޅަންޖެހޭ ލިޔުންތައް
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަތީގައިވާ މަގާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން ، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.
ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 09 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

29 ޖަނަވަރީ 2015
ހޯދާ