ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފަކު ބޭނުންވެއްޖެ:

ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރައްވާނެ މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-14

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

(ވަގުތީ) ކޮންޓްރެކްޓް

މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 01 އަހަރު ދުވަސް (ނޯޓް: ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވި ނަމަވެސް، މުވައްޒަފު ގެންގުޅެންޖެހޭ ހާލަތު ދެމިއޮވެ، ބަޖެޓް ހަމަޖެހިފައިވާ ނަމަ، އިތުރު އިޢުލާނެއް ކުރުމަކާ ނުލައި ވަޒީފާގެ އެއްބަސްވުމުގެ ޖުމުލަ މުއްދަތު 2 (ދޭއް) އަހަރުދުވަހަށް ވުރެ އިތުރުނުވާ ގޮތަށް، އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.)

މަޤާމުގެ ރޭންކު:

އެސް.އެސް 01  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 3,100.00 (ތިން ހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު 1,000.00 (އެއް ހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

- ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައި ދެވޭނެ

-  ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަސައްކަތްކުރަންޖެހޭ

ދުވަހާއި ގަޑި

ހަފްތާއަކު 6 ދުވަހު، ދުވާލަކު 07 ގަޑިއރު ހުކުރު ދުވަހު 3 ގަޑީއިރު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. އެކި ކަންކަމާ ގުޅޭގޮތުން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ޢަމުރުތަކާއި ބަހައްޓަންޖެހޭ ނޯޓިސްތަކާއި އަދި ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ތަފާތު އެކި މަސައްކަތްތައް ކުރުމަށް ކައުންސިލުން ހުއްދަދީފައިވާ ތަންތަނުގައި އެ މަސައްކަތްތައް ކުރަމުން ގެންދަނީ ކައުންސިލުން ދީފައިވާ ހުއްދައާއި އެއްގޮތަށްތޯ ބަލައި ދީފައިވާ ހުއްދައާއި ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އުޞޫލާއި އެއްގޮތަށް އެޅުން.
  5. ފައިބަރުން މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ ހަރުގެވަޅުތަކުގައި އެ މަސައްކަތްތައް ކުރަނީ ހުއްދަދީފައިވާ ގޮތަށްތޯ ބަލައި ޤަވާޢިދާއި ޚިލާފަށް މަސައްކަތް ކުރާ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމުގައި އެހީތެރިވުމާއި އަދި އެފަދަ ކަންކަމުގައި ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް، ރަށުގެ އެކިތަންތަނުގައި ތަކެތި ބަހައްޓާ ފަރާތްތައް ދެނެގަނެ އެކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. ކުނިއުކަން ކަނޑައަޅާފައިވާ ސަރަހައްދުތައް ނޫން އެހެން ސަރަހައްދުތަކަށް ކުނިއަޅާ ފަރާތްތަކާއި ކުނި އުކުން މަނާ ދުވަސް ދުވަހާއި،ގަޑި ތަކުގައި ކުނިގޮނޑަށް ކުނިއަޅާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ކަމާއިބެހޭ ސެކްޝަނަށް ޙިއްޞާކުރުމާއި އަދި އެފަދަ ކަންތައްތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ރަށުގެ ގޮނޑުދޮށުން ޤަވާއިދާއި ޚިލާފަށް ވެއްޔާއި އަކިރި ނަގާފަރާތްތަކާއި ރަށުގެ ވަލުތެރެއިން ވެލި ނަގާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ސެކްޝަނަށް ޙިއްސާކުރުމާއި، ރަށުގެ ބަނދަރާއި ރަށުގެ މޫދު ސަޙައްދާއި ރަށުގެ ގޮނޑުދޮށް ސާފުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ޢަމަލީ ގޮތުން ކުރުން.
  9. ރަށުގެ ވަލުތެރެއިން ޤަވާއިދާއި ޚިލާފަށް ދަރުކޮށާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ސެކްޝަނަށް ޙިއްޞާކުރުމާއި، އެކަންކަމާގުޅޭ ގޮތުން ކައުންސިލުން އަޅާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި އެހީތެރިވުމާއި އަދި ޢަމަލީ ގޮތުން އެ މަސައްކަތް ކުރުން.
  10. މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި، އަދި އެކިކަންކަމަށް ދޫކޮށްފައިވާ ބިންތަކުގައި ހުންނަ ރުއްގަހުން މަގަށް ނުކުމެފައި އޮންނަ ފަނާއި އޮފިތައް ކޮށުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަންކަން ޙައްލު ކުރުމުގައި އެހީތެރިވުން.
  11. ނުދިއްލި ހުންނަ މަގު ބައްތިތައް ރަނގަޅަށް ދެނެގަނެ އެ ތަކެއްޗާއި ބެހޭ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށް އެންގުމަށް ތައްޔާރުކޮށްފައިވާ ސްލިޕް ފުރިހަމަކޮށް ލިޔުމުން އެންގުމާއި އަދި އެކަން މުނިސިޕަލް ސަރވިސް ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް ގެނައުމާއި އެކަންކަން ޙައްލު ކުރުމަށް  މަސައްކަތް ކުރުން.
  12. ރަށުގެ އިޖްތިމާޢީ ސަރަޙައްދުގައި ހުންނަ ތަންތަން ފޮޅާ ދޮވެ ސާފުކޮށް ބެލެހެއްޓުމާއި އަދި އެފަދަ ތަންތަނުގައި ހުންނަތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  13. ރަށުގެ ފަޅުގޯތިތަކާއި، ރަށުގެ ހުރިހާ ގޯތިތަކާއި ގުޅިފައިވާ މަގުތަށް ސާފުކޮށް ބަލަހައްޓާތޯ ބެލުމާއި،ރަށުގެ މަގުތަކާއި އެނޫންވެސް ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެތި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ނަގަން އެންގުމާއި އެތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  14. ރަށުގެ ރައްޔިތުންގެ އިޖްތިމާޢީ ފެންވަރުގައިކުރެވޭ މަސައްކަތްތަކާއި ކައުންސިލްގެ އިދާރާއިން ރާވާ ކުރިއަށް ގެންދާ ތަފާތު އިވެންޓުތަކާއި ޙަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ޚާއްސަ މުނާސަބާތަކާއި، މުބާރާތްތަކާއި، އެހެނިހެން ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެހީތެރިކަމާ އެއްބާރުލުން ދިނުމާއި އެފަދަ ކަންކަމާއި ގުޅޭގޮތުން ޙަވާލުކުރާ މަސައްކަތްތައްކުރުން.
  15. ވެށިފާރަ ވެރިވުމުގައި ބަލަންޖެހޭ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ޤަވާއިދާއި ޚިލާފަށް ކަންކަން ކުރާފަރާތްތަކަށް ނަޞޭޙަތްތެރިވެ އެފަދަކަންކަން ހުއްޓުވައި އަދި ވެށިފާރަވެރިވުމުގެ ޤަވާއިދާއި އެއްގޮތަށް ފީނަގަން ޖެހޭނަމަ ފީނެގުމަށް ޙަވާލުކުރަންޖެހޭ ސްލިޕް ޙަވާލުކުރުން.
  16. ރަށުގެ ރައްޔިތުންނަށް ބަހަންޖެހޭ ތަކެތި ބެހުމާއި ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމާއި އުކާލަންޖެހޭ ތަކެތި އުކާލުމުގައި ކައުންސިލްގެ އިދާރާއަށް އެހީތެރިކަމާ އެއްބާރުލުން ދިނުމާއި އަދި އެފަދަ މަސައްކަތްތައް ޢަމަލީ ގޮތުން ކުރުން.
  17. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ އާއްމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރި ކަމާއެކުބަރާބަރަށް އެ މަސައްކަތްތައް ކުރުން.
  18. ކައުންސިލުން ކުރިޔަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
  19. ކައުންސިލްގެ ގޯތިތެރެއާއި ރަށުގެ އެކި ސަރަޙައްދުތަކުގައި ކައުންސިލްގެ އިދާރާއިން އިންދާފައިވާ ގަސްތަކަށް ފެންދިނުމާއި ގަސް ތައް ބެލެހެއްޓުން.
  20. މެއިންޓަނަންސް އޮފިސަރ އެދި ލައްވާ ކައްކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން.

ނޯޓް: ލިޔަންކިޔަން އެނގޭ ކަމުގެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާފައި ނުވާ ނަމަ، ސްކްރީންކުރުމުގެ މަރުޙަލާގައި ލިޔަންކިޔަން އެނގޭ ފަރާތެއްތޯ ޓެސްޓް ކުރެވޭނެއެވެ.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ފޮޅާ ސާފުކުރުން

         ކްލެރިކަލް ސަޕޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުނާ އިދާރާގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/51/7f22c518-63f5-44c3-a398-944ce57c1b56.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

  • އަސާސީ ޝަރުޠު ހަމަވުން %50
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  • އިންޓަރވިއު %40

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖުލައި 04 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަން[email protected]ދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 ޖުލައި 05 އާ 2023 ޖުލައި 11 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާ ގުޅޭ" https://www.csc.gov.mv/Policy/Index/51  އިން ލިބެން ހުންނާނެއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ޖޫން 2023
ހޯދާ