ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސެކްރެޓޭރިއެޓް އޮފިސަރ)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ސެކްރެޓޭރިއެޓް އޮފިސަރ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އޮފިސަރ - ގްރޭޑް 1

އަސާސީ މުސާރަ:

މަހަކު -/5500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2200ރ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން. ނުވަތަ،

- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން ފާސްވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 2-1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

- ކޯޕަރޭޝަންގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.

- ކޯޕަރޭޝަނަށް ލިބޭ ސިޓީ، މެއިލް، ނޯޓް އަދި އެހެނިހެން ލިޔެކިއުންތައް އެމްޑީސް ބިއުރޯގެ އިރުޝާދާއި އެއްގޮތަށް ޑިޕާޓްމަންޓް ތަކަށް ފޯރުކޮށްދިނުން.

- ކޯޕަރޭޝަނަށް ލިބޭ ސިޓީ، މެއިލް، ނޯޓް އަދި އެހެނިހެން ލިޔެކިއުންތަކުގެ އަސްލުތައް ފައިލްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި، ކުންފުންޏަށް ލިބޭ ހުރިހާ ލިޔެކިއުންތައް ސްކޭންކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނުން ޖަވާބުދާރީވާންޖެހޭ ލިޔެކިއުންތަކަށް ޑިޕާޓްމަންޓްތަކާއި ވާހަކަދައްކައިގެން ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބުދާރީވާކަން ކަށަވަރުކުރުން.

- ފޯނަށް ޖަވާބުދާރީ ވުން.

- ކޯޕަރޭޝަންގެ ޔުޓިލިޓީ ޚިދުމަތްތައް ބަރާބަރަށް ލިބެމުންދާކަން ކަށަވަރުކޮށް އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ދައްކަމުން ގެންދާކަން ކަށަވަރު ކުރުން.

- އެއްގަމު އުޅަނދުފަހަރުތަކުގެ އަހަރީ ފީ، ރޯޑްވާރދިނަސް އަދި އިންޝުއަރެންސާއި ބެހޭ އެންމެހާ ކަންތައްތައް ޤާނޫނާއި ޤަވައިދާއި އެއްގޮތްވާ ގޮތުގެމަތިން އަޕްޑޭޓްކޮށް ބެލެހެއްޓުން.

- އެސެޓް ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ހެޑް އޮފީހަށް ބޭނުންވާ އެންމެހާ މަރާމާތްތަކުގެ އިދާރީ މަސައްކަތް ބެލެހެއްޓުން.

- އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީތަކުގެ އަސްލު ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- އެކިއެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް އެފަރާތްތަކަށް ފޮނުވުން.

ސުންގަޑި:

- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 19 ޖޫން 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖޫން/ޖުލައި މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                                    26 ޛުލްޤައިދާ 1444

15 ޖޫން 2023
ހޯދާ