ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ

މިއެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ 26 މާރިޗު 2015 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި އެސޯސިއޭޝަންގެ ހުސްވެފައިވާ ނާއިބުރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުން އޮންނާނެއެވެ.

މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މިއެސޯސިއޭޝަންގެ އެންމެހައި މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ، 2015 ވަނަ އަހަރަށް ފީދައްކަވާފައިވާ މެމްބަރުން، މެމްބަރޝިޕް ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. މެމްބަރޝިޕް ކާޑު ނުގެންނަވާ ފަރާތްތަކަށް މިޖަލްސާގައި ބައިވެރިނުވެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ކްލަބް އަދި ބީޑީސީތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ކްލަބް އަދި ބީޑީސީ ތަމްސީލުކޮށް ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު، ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. (މިޖަލްސާއަށް ވަޑައިގަންނަވާއިރު އެފަރާތެއްގެ އައިޑީކާޑު ގެންނަވަންވާނެއެވެ.)

28 ޖަނަވަރީ 2015
ހޯދާ