އަރިއަތޮޅު ދެކުނުބުރީ ދިގުރަށު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. ދިގުރަށު މެޖިސްޓްރޭޓް ކޯޓުގެ އިދާރީބައިން ކޯޓުރޫމަށް ދޮރެއްކަނޑައި ދޮރާއި ފޮރުފަތް ބެހެއްޓުމުގެ މަސައްކަތްކުރުން

އދ. ދިގުރަށު މެޖިސްޓްރޭޓް ކޯޓުގެ އިދާރީބައިން ކޯޓުރޫމަށް ދޮރެއްކަނޑައި ދޮރާއި ފޮރުފަތް ބެހެއްޓުމުގެ މަސައްކަތްކުރުން

މި ކޯޓުގެ އިދާރީބައިން ކޯޓުރޫމަށް ދޮރެއްކަނޑައި ދޮރާއި ފޮރުފަތް ބެހެއްޓުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ގަޑި ޖެހުމުގެކުރިން [email protected] އަށް މެއިލް ކުރަންވާނެއެވެ. މިމަސައްކަތާ ގުޅޭ ޕްރީ-ބިޑް މީޓިންގ އޮންނާނީ 21 ޖޫން 2023 ވާ ބުދަ ދުވަހުގެ 11:00 ގައި މި ކޯޓުގައެވެ. ޕްރީ-ބިޑް މީޓިންގ އަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތުގެ އައި.ޑީކާޑު ކޮޕީ އާއެކު ނަމާއި އެޑްރެސް އެނގޭގޮތަށް، ހުށަހަޅާފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައިވެސް ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ހުޅުވުން އޮންނާނީ އެކަމަށް ޚާއްޞަކޮށްގެން މި ކޯޓުގައި 5 ޖުލައި 2023 ވާ ބުދަ ދުވަހުގެ 11:00 ގައި ބާއްވާ ބައްދަލުވުމުގައެވެ.

ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި، ޕްރީ-ބިޑް މީޓިންގ އަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

                                 26 ޛުލްޤަޢިދާ 1444

15 ޖޫން 2023
ހޯދާ