މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބް ހުށަހެޅުމުގެ ދަޢުވަތު

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                ނަމްބަރ:331/331/2023/65(IUL)

 

 

   އިޢުލާން

 

 އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، މިރަށުގެ ފުޓްސަލް ދަނޑުގައިވާ ޓާރފް ބަދަލުކޮށް، ދަނޑުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: 331/331/2023/58(IUL) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބައެއް އަންދާސީ ހިސާބުތަކާއެކު، ހުށަހަޅަން ބުނެފައިވާ ލިޔެކިއުންތައް ހަމައަށް ހުށަހަޅާފައިނުވާތީ އެ އަންދާސީ ހިސާބުތައްވަނީ ބާޠިލްކުރެވިފައެވެ. އަދި ޝަރުތުހަމަވާ އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                 މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 22 ވަނަ ދުވަހުގެ 11:30 ގައި މިކައުންސިލްގެ އިދާރާގައެވެ.

                  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.                                                                                                                             

15 ޖޫން 2023
ހޯދާ