ދިވެހިރާއްޖެ
ޑައިވް ސެންޓަރަކާއި ގެސްޓްހައުސް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން
ނ.ވެލިދޫ ޓުއަރިޒަމް ވިލެޖްއިން1، ޑައިވް ސެންޓަރއެއް ތަރައްޤީކުރުމަށް 920 އަކަފޫޓުގެ 1 (އެކެއް) ބިމާއި އަދި ގެސްޓްހައުސް ތަރައްޤީކުރުމަށް 3000 އަކަފޫޓުގެ 2 (ދޭއް) ބިމާއި 2500 އަކަފޫޓުގެ 3 (ތިނެއް) ބިން 30 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ، މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 03 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގެ ބިޑްފޮތް، 02 ޖުލައި 2023 ން 03 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:00 ން 11:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެެއެވެ. ބިޑް ފޮތެއްގެ އަގަކީ -/5،000 (ފަސް ހާސް) ރުފިޔާއެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. ބިޑްހުށަހެޅުން އޮންނާނީ 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައެވެ.
ބިޑްފޮތް ގަތުމަށް އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
ޕްރީ ރިކުއިޒިޓް |
އާއެކޭ |
ނޫނެކޭ |
|||
1
|
މާލީ ތަނަވަސްކަން ހުރި މިންވަރު - ލަފާކުރާ އިންވެސްޓްމަންޓްގެ %20 އިކުއިޓީ ގެސްޓްހައުސް:
|
|
|
||
2 |
ޑައިވްސެންޓަރ:
|
|
|
||
މާކްސް ދެވޭ ބައިތައް |
މިންވަރު |
ތަފްސީލް |
ފޯމިއުލާ |
||
އިންވެސްޓްކުރާ މިންވަރު |
40%
|
|
(Benchmark Amount / Submitted Amount) x %40 |
||
ކުލި (އަކަފޫޓަކަށްހުށައެޅޭކުލި) |
40% |
|
(Benchmark Amount / Submitted Amount) x 40% |
||
ކޮންމެ 5 (ފަހެއް) އަހަރަކުން ކުލި ބަދަލުވާނެ މިންވަރު |
10% |
|
(Benchmark Amount / Submitted Amount) x 10% |
||
އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް |
5%
|
|
(Benchmark Amount / Submitted Amount) x 5% |
||
ތަޖުރިބާ |
5%
|
|
(Submitted years of experience / Benchmark years x 5%) |
އެހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.